ads
އިންގްލެންޑު ކުޅުންތެރިން އުފާ ފާޅުކުރަނީ
ފައިނަލްގެ ފަހު ޖާގަ އިންގްލެންޑަށް
އަންހެނުންގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގެ ފަހު ޖާގަ އިންގްލެންޑޫން ކަށަވަރުކޮށްފިއެވެ.

އިނގިރޭސިވިލާތުން ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލުގައި އޮސްޓްރޭލިއާގެ މައްޗަށް ކުރިހޯދައިގެންނެވެ. އިންގްލެންޑުން މި ތާރީހީ މޮޅު ހޯދީ މުބާރާތުގެ ކޯ ހޯސްޓް، އޮސްޓްރޭލިއާ 3-1 ން ބަލިކޮށްގެންނެވެ. 

މެޗުގެ ފުރަތަމަ ހާފުގައި އިނގިރޭސިވިލާތުގެ އެލާ ޓޫން އެޓީމަށް ލީޑު ނަގައިދިން ނަމަވެސް ދެވަނަ ހާފުގައި އޮސްޓްރޭލިއާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސެމް ކާއެވެ. ނަމަވެސް އޭގެ ފަހުން އިންގްލެންޑުން ވަނީ ދެލަނޑު ޖަހާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. 

މިއީ އިންގްލެންޑުން އަންހެނުންގެ ވޯލްޑް ކަޕް ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ 1966 ގެ ފަހުން އިނގިރޭސިވިލާތުގެ ފުޓްބޯޅަ ޓީމެއް ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ. 

ފައިނަލުގައި އިންގްލެންޑު ވާދަކުރަން ޖެހޭނީ ސްޕެއިނާއެވެ. މިއީ ސްޕެއިނުންވެސް އަންހެނުންގެ ވޯލްޑް ކަޕް ފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ފައިނަލް މެޗު އޮންނާނީ މިއަންނަ އާދީއްތަ ދުވަހު ރާއްޖެ ގަޑިން މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް