މިއަދު މެންދުރު ފަހު އީގަލްސް އަތުން އަބަހާނީ މޮޅުވީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު އަބަހާނީ ދެން ކުޅެން ޖެހޭނީ އިންޑިޔާގެ ގަދަ ބާރުކަމުގައިވާ މޯހަން ބަގާން އާއެވެ.
މިއަދުގެ މެޗުގައި އީގަލްސް ކޮޅަށް ފުރަތަމަ ލަނޑު ޖެހީ ކުރިން މާޒިޔާއާ ޓީސީއަށް ކުޅުނު ކޯނޭލިއަސް ސްޓްވާޓްއެވެ. އޭނާ މިހާރު ކުޅެނީ ބަންގްލަދޭޝްގައެވެ. ކޯނޭ އަބަހާނީ އަށް ލީޑް ނަގައި ދިނީ މެޗުގެ 21 ވަނަ މިނެޓްގަ އެވެ. އެ ނަތީޖާއާއެކު ދަނިކޮށް އީގަލްސްއިން އެއްވަރު ކުރީ، ރިޒޭގެ ލަނޑުންނެވެ.
އަބަހާނީ މެޗުން މޮޅުކޮށް ދިން ލަނޑު 88 ވަނަ މިނެޓްގައި ޖެހީ ޑަނިލޯ ކުއިޕާޕާ އެވެ.