ads
ފާރިސްގެ ކެމްޕޭނު ޖަލްސާގައި ރައީސް މައުމޫން އަދި ނަސްރީނާ
ރައީސް މައުމޫންގެ ފާޑު ކިޔުން ކެންޑިޑޭޓުންނަށް!
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައި ތިއްބެވި ކެންޑިޑޭޓުންނަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފާޑު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ކަމަށް ކުރިމަތި ލަައްވާފައިވާ ބައެއް ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ހުދު މުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅު ވާހެން ކަމަށެވެ.

"ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ." މައުމޫން

މައުމޫން ވަނީ އެކަމާއި ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. "ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟" މައުމޫން މިހެން ވިދާޅުވެފައިވެއެވެ.

މައުމޫން މިިހެން ވިދާޅުވެފައިވާއިރު، އޭނާ 30 އަހަރުގެ ވެރި ކަމުގައި ވެރިކަން ކުރެއްވީ ދިވެހިން ފިތްކަނޑައިގެން ދާ ވަރުގެ އަނިޔާވެރި ވެރިކަމެއް ކަމެއްކަމަށް މައުމޫންގެ ވެރިކަން ވެއްޓުމަށް އޭނާޔާއި ދެކޮޅަށް ނުކުތް މީހުންވަނީ ބުނެފައެވެ.

ރައީސް މައުމޫންގެ ވެރިކަން ނިމުނު ނަމަވެސް އެ މަނިކުފާނު ސިޔާސީ މަސައްކަތް ހުއްޓާނުލައްވައެވެ. މައުމޫނުގެ ވެރިކަން ފާއިތުވެ މިހާރު މިވަނީ އޭގެ ފަހުން 15 އަހަރުވެފައެވެ. ނަމަވެސް މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނުގެ ދަރިކަލުން ފާރިޝް މައުމޫން ވާދަ ކުރައްވައެވެ.

ފާރިޝްގެ ކެމްޕޭނު ޖަލްސާތަކުގައިވެސް މައުމޫން އަބްދުލްގައްޔޫމް ވަނީ ބައިވެރިވެ ލައްވާފައެވެ. 

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް