ads
ހައްޖު ކޯޕަރޭޝަނުގެ މުވައްޒަފުންގެ ސްކީމްގައި އެމްޕީއެލުން ބައިވެރިވުމަށް އެމްއޯޔޫގައި ސޮއިކުރުން - ފޮޓޯ:އެމްޕީއެލް
ހައްޖު ކޯޕަރޭޝަނުގެ 'މުވައްޒަފުންގެ ސްކީމް' ގައި އެމްޕީއެލުން ބައިވެރިވެއްޖެ
މޯލްޑިވިސް ހައްޖު ކޯޕަރޭޝަނުގެ 'މުވައްޒަފުންގެ ސްކީމް' ގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބައިވެރިވެއްޖެއެވެ.

އެމްޕީއެލްގެ ހެޑް އޮފީހުގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެމްއޯޔޫގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީއެވެ. ހައްޖު ކޯޕަރޭޝަނުގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ނަޖީލް އަހުމަދެވެ.

އެމްޕީއެލުން ބުނެފައިވަނީ މި ސްކީމްގައި ބައިވެރިވުމުގެ ބޭނުމަކީ އެމްޕީއެލްގެ މުވައްޒަފުންނާއި މުވައްޒަފުންގެ ޑިޕެންޑެންޓުންނަށް ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ފަސޭހަ މަގެއް ހޯދައިދިނުންކަމަށެވެ. 

މި ސްކީމްގައި ބައިވެރިވާ މުވައްޒަފުންގެ މުސާރައިން ކޮންމެ މަހަކު ވަކި އަދަދެއް އުނިކުރާނެ ކަމަށް އެމްޕީއެލުން ބުނެއެވެ. އެމްޕީއެލުން ބުނި ގޮތުގައި މި ސްކީމަށް މުސާރައިން އުނިކުރާނެ އަދަދެއް ކަނޑައަޅާނީ އެ މުވައްޒަފަކު އަމިއްލައަށް ކަމަށެވެ. 

އެމްޕީއެލުން އަންނަނީ ކޮންމެ އަހަރަކުވެސް އެ ކުންފުނީގެ ހައްޖާއި އުމްރާ ޕޮލިސީގެ ދަށުން މުވައްޒަފުން ހައްޖާއި އުމްރާއަށް ފޮނުވަމުންނެވެ. އެގޮތުން މި އަހަރުވެސް އެ ކުންފުނިން ތިން މުވައްޒަފުން ހައްޖަށް ފޮނުވާފައިވެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް