އެ އަތޮޅުގައި ޒުވާނުންގެ އައު ޖީލި މެނިފެސްޓޯ ނެރެދެއްވާފައިވާއިރު، އެއީ ޒުވާނުންނަށް އެންމެ ގިނަ ވައުދުވެސް ވެ ލެއްވި ދަތުރުފުޅެވެ.
މިގޮތުން ޒުވާނުންގެ އައު ޖީލު އަށް 51 ވައުދެއް ވެލެއްވާފައިވެއެވެ. މީގެ އިތުރުން ވަކިވަކި ރަށްރަށަށް ވެސް 50 އަށްވުރެ ގިނަ ވައުދުވެލައްވާފައިވެއެވެ.
ރައީސް ސާލިހު އެ އަތޮޅަށް ވަޑައިގެން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ އެމަނިކުފާނުގެ ވެރިކަމުގައި ގެނެސްދެއްވި ތަރައްގީތަކާއި، އަދި އެމަނިކުފާނު ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ގިނަ ކަންތައްތަކުގެ ސަބަބުން ނ އަތޮޅަކީ ހުސް ނޫނެއް ނޫން ކަމަށެވެ.
ނ. ވެލިދޫގައި އާޒުވާނުގެ ޖީލު ރައީސް ތައާރަފްކޮށްދެއްވުން:
އެމްޕަވާޑު ޒުވަނުންގެ މައިގަނޑު ވައުދުތައް:
- ޔޫތް މިނިސްޓްރީ ވަކިކުރުން
- ޔޫތް ކޯއެއް ގާއިމްކޮށް ޔޫތް ލީޑަރުން އުފެއްދުން
- ޖަމިއްޔާތަކުން ކޯ ވޯކިން ސްޕޭސް އެއް ގާއިމްކުރާއިރު، ޒުވާނުންގެ ޖަމިއްޔާތައް ހިމެނުން
މިގޮތުން ޔޫތް މިނިސްޓްރީއާ ސްޕޯޓްސް މިނިސްޓްރީ ވަކުރާނެކަމަށް ރައީސް ސާލިހު އިއުލާނުކުރެއްވިއެވެ.
ނ. ލަންދޫއަށް ވަޑަައިގެން ރައީސް ސޯލިހް ވިދާޅުވީ ރޭގައި ހާމަކުރި އާ ޒުވާނުންގެ ޖީލު ސިޔާސަތުގައި އަށް ކަމަކަށް ސަމާލުކަން ދީފައިވާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ކަމަކީ އެމްޕަވާޑް ޒުވާނުން ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވެފައިވަނީ ސަރުކާރުން ސިޔާސަތުތައް ކަނޑައަޅާއިރު، ޒުވާނުންނަށާއި ކުޅިވަރަށް މިހާރު ދެވިފައި އޮތް ފޯކަސް އެހާ ރަނގަޅު ނޫން ކަމަށެވެ.
ޒުވާން އެންޓަރޕްރިނިއަރާ
ޒުވާނުންގެ މެނިފެސްޓޯ އެމްޑީޕީން އިއުލާނުކުރީވެސް ރައީސް ސޯލިހު ނޫނު އަތޮޅުގައި އުޅުއްވަނިކޮށެވެ.
- ޒުވާނުންގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދުމަށް މަގުފަހިކުރާނެ ޔޫތު އިނޮވޭޝަން ލެބް އަދި ޔޫތު އެންޓަރޕްރިނިއަޝިޕް އިންކިއުބޭޓަރސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.
- ޒުވާނުންނަށް ހާއްސަ ސްޓަރޓަޕް ލޯނު، އިކިއުޓީ ފައިނޭންސިންގް އަދި މައިކްރޮފައިނޭންސިންގް ލޯނު ތައާރަފްކުރާނެ.
- ޖޮބް ސެންޓަރު ފުޅާކޮށް، ޒުވާނުންނަށް ހާއްސަކޮށް ކެރިއަރ ގައިޑެންސް ސެޝަންތަކާއި، ޖޮބް ފެއަރތައް ބާއްވައި ޒުވާނުން އާމްދަނީ ހޯދުމަށް ހުރި ފުރުސަތުތަކަށް އަހުލުވެރިކުރާނެ.
- އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން އަންއެމްޕްލޯއިމަންޓް ބެނެފިޓްސް ތައާރަފުކުރާނެ.
- ދިވެހި އިގްތިސާދުގައި އީޖާދީ ވިސްނުން ފުޅާކުރުމަށްޓަކައި އިންޓަލެކްޗުއަލް ޕްރޮޕަޓީ ރައިޓްސްއާ ބެހޭ ގާނޫނެއް އެކުލަވާލާ ތަންފީޒުކުރާނެ.
- އުފެއްދުންތެރި އީޖާދީ މަސައްކަތްތަކަށް ހަމަ އަގު ހޯދައިދިނުމަށްޓަކައި ޕޭޓެންޓްތަކާއި ޓްރޭޑްމާކްތައް ރަޖިސްޓްރީކޮށް ޓްރޭޑް ކުރެވޭނޭ ޕްލެޓްފޯމެއް ގާއިމުކުރާނެ.
- ފަންނުވެރިކަމަށް ހާއްސަ ލޯނު ސްކީމް ފުޅާކުރާނެ.
- ތަފާތު ފަންނުތަކުގެ ފަންނުވެރިންނަށް އަސާސީ ސާމާނާއެކު ޕްރެކްޓިސް އަދި ވޯކިންގް ސްޕޭސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.
ޒުވާނުންގެ ބޯހިޔާވަހިކަން:
ޒުވާނުންގެ ބޯހިޔާވަހިކަމުގެ ދަށުން ބޮޑެތި އެޑްވާންސްތަކާއި ބޮޑެތި ކުލި ދެއްކުމުގެ ބުރަ ކުޑަކުރުމަށްޓަކައި އެފޯޑަބަލް ކޯ-ލިވިންގް ސްޕޭސް އަދި ސްޓޫޑިއޯ ސްޕޭސަސް ހަދާ، ފަސޭހައިން ކުއްޔަށް ހިފޭނެ/އަމިއްލަކުރެވޭނެ މަގުފަހިކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަސްޓް ޓައިމް ހޯމް އޯނަސްއަށް ހާއްސަކޮށްގެން ރެޒިޑެންޝަލް ބޭނުމަށް ނެގޭ ލޯނުގެ އިންޓްރެސްޓް ހަ އިންސައްތައަށްވުރެ ގިނަ ނުވާނެހެން، 10 އިންސައްތަ އިކުއިޓީގައި ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ އިތުރުން ސޯޝިއޮ-އިކޮނޮމިކަލީ ވަލްނަރަބަލް ފަރާތްތަކަށް ހާއްސަކޮށްގެން ކައުންސިލް ހައުސިން ޒުވާނުންގެ ބޯހިޔާވަހިކަމުގެ ދަށުން ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ޒުވާނުންނާއި ޓެކްނޮލޮޖީ
- ލެކްޓްރޯނިކް ވަސީލަތްތައް ހޯދުމަށް ހާއްސަ ލެންޑިންގް ސްކީމެއް ޒުވާނުންނަށް ތައާރަފްކުރާނެ.
- ޔޫތު ޓެކް ހަބްސް ގާއިމުކޮށް ޓެކްނޮލޮޖީގެ ތެރެއިން ކޯޑިންގް، ތްރީ-ޑީ މޮޑެލިންގް، ޕްރޮގްރާމިންގް އަދި އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލޮޖީއިން ޒުވާނުން ކުރިއަށްދާނެ މަގުފަހިކުރާނެ.
- ދިވެހިރާއްޖޭގެ އައިސީޓީ ދާއިރާގެ ހުނަރުވެރިންނާއި އެހެނިހެން އުފެއްދުންތެރިން ރާއްޖޭގައި ތިބެގެން އެފަރާތްތަކުގެ އުފެއްދުންތެރިކަން ބޭރުގެ ބާޒާރަށް ނެރެ، މާކެޓްކޮށް، ކުރިއެރުވޭނެ މާހައުލެއް ގާއިމުކުރާނެ.
- ރާއްޖޭގެ އިންސްޓަންޓް ޕޭމެންޓް ގޭޓްވޭ އާއި ބޭރުގެ ޕޭމަންޓް ސިސްޓަމްތަކާއެކު ޑިޖިޓަލް ވިޔަފާރި ކުރެވޭނެ މަގުފަހިކުރާނެ.
- ޑިޖިޓަލް ދާއިރާއަކީ އިގްތިސާދީ އުފެއްދުންތެރިކަމުގެ ތަނބަކަށް ހަދާނެ.
ސްކިލްޑް ޒުވާނުން
- ރާއްޖޭގެ ހުރިހާ ރަށަކަށް ބޭނުންވާ ހިއުމަން ރިސޯސް ޕްލޭން ހަދާ، އެ ހިއުމަން ރިސޯސް ޕްލޭންއާ އެއްގޮތަށް ޒުވާނުން ބޭނުންވާ ދާއިރާތަކަށް ފުރުސަތު ހޯދައިދޭނެ.
- އިސްލާމިކް ސެންޓަރ އޮފް އެކްސެލެންސް މެދުވެރިކޮށް ޒުވާން ސްކޮލަރސް އުފައްދާ، ދީނީ އިލްމީ ދިރާސާތައް ކުރުމަށް އިންސެންޓިވައިޒް ކޮށްދޭނެ.
- ސަރަހައްދީ ދަނާލު ގާއިމުކޮށް އެ ސަރަހައްދުތަކަށް ކިޔެވުމަށް އަންނަ ފަރާތްތަކަށް ދަނާލުގައި ހުރެވޭނެ އިންތިޒާމު ހަމަޖައްސާނެ.
- ހިލޭ ޑިގްރީ ޕްރޮގްރާމް ފުޅާކޮށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން ޑިގްރީއާ ހަމައަށް ކިޔެވޭނެ ފުރުސަތު ހޯދައިދޭނެ.
- މަތީ ތައުލީމާއި ތަމްރީނަށް ދޫކުރާ ލޯނު އެހީގެ އުސޫލު ރިވިއުކޮށް، ކަނޑައެޅޭ މިންގަނޑެއްގެ ތެރެއިން ލޯނު ދައްކަން އޮންނަ މިންވަރެއް މައާފުކުރާނެ. އަދި ލޯނު އަނބުރާ ދައްކަން ލިބޭ ގްރޭސް ޕީރިއަޑް މަދުވެގެން 1 އަހަރު ދުވަސްދޭނެ.
- ނެޝެނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް ޕްރޮގްރާމް ފުޅާކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުން ޕްރޮގްރާމްގައި ބައިވެރިވެވޭނެ ފުރުސަތު ހޯދައިދޭނެ.
- ސަނަދު ނެތް ފަރާތްތަކުގެ ތަޖުރިބާއަށް ސަނަދު ހޯދައިދޭ ނިޒާމު (ޓްރޭޑް ޓެސްޓިންގް) ފުޅާކޮށް، އަޕްސްކިލިންގް/ރީ-ސްކިލިންގް ފުރުސަތުތަކާއެކު 'ސެޓިފައިޑް ޕްރޮފެޝަނަލްސް' ތައާރަފްކުރާނެ.
އެއްވެސް ޒުވާނަކު ބާކީ ނުކުރުން
- ކޮންމެ ބާވަތެއްގެ ކުށަކަށް ހުށަހެޅޭ ފަރާތެއްވެސް، އެ ފަރާތެއް އެކުށަކަށް ޒިންމާ ނެގުމަށްފަހު އިންޑިވިޖުއަލައިޒްޑް ޓްރީޓްމަންޓް ޕްލޭނެއްގެދަށުން ފަރުވާދީ އިންޑިވިޖިއުލައިޒްޑް ރިހެބިލިޓޭޝަން ފޯރުކޮށްދޭނެ.
- ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، އެމީހަކަށް ބޭނުންވާނެ ޕިއަރ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ޤާއިމުކޮށް، އެމީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށްހަދާނެ.
ޒުވާނުންގެ ބޭނުންތެރި ހުސްވަގުތު
- ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަލްޓިޕާޕަސްކޮށް ބޭނުންކުރެވޭ އޮޑިޓޯރިއަމްތައް ގާއިމުކުރާނެ.
- އެންޓަރޓައިންމަންޓަށް ހާއްސަ ކޮމްޕްލެކްސްތައް އެކި ސަރަހައްދުތަކުގައި ގާއިމުކުރާނެ.
- ހަގީގީ ކޮމިއުނިޓީ އެމްޕަވަރމަންޓް ސެންޓަރެއްގެގޮތުގައި އިޖްތިމާއީ މަރުކަޒުތަކުގެ ތެރެއިން އިޖްތިމާއީ އެކި ކަންކަމަށް ހިލޭ ސާބަހަށް މަސައްކަތްކުރުމުގެ އާދަ އަށަގެންނެވުމަށާއި، ސަޕޯޓް ގްރޫޕް ހަރަކާތްތައް ބޭއްވުމާއި، އައު ހުނަރުތައް ދަސްކޮށްދިނުމަށާއި، އިޖްތިމާއީ އެކި އެކި ދުވަސްތައް ފާހަގަކުރުމަށާއި، ތިންކް ޓޭންކްތައް ގާއިމުކޮށް އިޖްތިމާއީ މައްސަލަތައް ދިރާސާކޮށް ހައްލު މަޝްވަރާކޮށް، ހުސްވަގުތު ރަނގަޅުގޮތުގައި ބޭނުން ކުރުމަށް ފަހިވާގޮތަށް، ޒުވާނުންނާއި މުސްކުޅިންނާއި ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަށް ރައްކާތެރި ބަދަހި މާހައުލެއްގައި އިޖްތިމާއީ ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ކޮމިއުނިޓީ ސެންޓަރުތައް ހިންގާނެ.
ޒުވާނުންނަށް ހެލްތް އެންޑް ވެލްބީންގް
- ޕްރައިމެރީ ހެލްތުކެއަރ މޮޑެލްއިން ޕްރިވެންޝަންއަށް ހާއްސަ މަސައްކަތްކުރާނެ.
- މެންޓަލް ހެލްތްއަށް ހާއްސަކޮށްގެން، އެޑޮލެސެންޓް ކްލިނިކްތަކާއި ޓެލެމެޑިސިން ކްލިނިކްތައް ގާއިމުކުރާނެ.
- ފިޓްނަސް ދާއިރާ ރެގިއުލޭޓްކުރާނެ.
- ދެ ޖިންސަށް ހަމަހަމަ ކުޅިވަރުގެ ވަސީލަތްތަކާއެކު ހެލިފެލިވެ އުޅުމަށް ބާރުއެޅޭނެހެން ކުޅިވަރުގެ ވަސީލަތްތައް ހުރިހާ ރަށެއްގައިވެސް ގާއިމުކުރާނެ.
- ސިޓީތަކުގައި އިންޑޯ ސްޕޯރޓްސް ކޮމްޕްލެކްސް ގާއިމުކުރާނެ.
- ރާއްޖޭގައި ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލުކަން ހޯދަމުން އަންނަ އެމަރޖިންގް އީ-ސްޕޯރޓްސް، މާޝަލް އާޓްސް، ކައިޓް ސަރފިންގް، ރޭސިންގް، އަރބަން ސްކޭޓިންގް، ޕާކޯރ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ވަސީލަތް ގާއިމުކުރާނެ.
- މޫދު ކުޅިވަރަށް މަޝްހޫރު ގައުމެއްގެ ގޮތުގައި ރާއްޖެ އިތުރު ހަރުފަތްތަކަށް ގެންދާނެ.
- ކުޅިވަރުގެ ތެރެއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކުޅިވަރުގެ ތަމްރީނު ފުރުސަތު ހޯދައިދީ، ކުޅިވަރުން ކާމިޔާބީ ކަށަވަރުކޮށްދޭނެ.
- ބައިނަލްއަގުވާމީ މުބާރާތް ބޭއްވޭނެ ގައުމީ އިންޑޯ ފުޓްސެލް އެރީނާއެއް ގާއިމުކޮށް ގައުމީ ފެންވަރުގެ ފުޓްސެލް ލީގުތައް ތައާރަފްކުރާނެ.
- ތިލަފުއްޓާއި އެހެނިހެން ސަރަހައްދުތަކުގައި ރޭސިންގް ޓްރެކްތައް ގާއިމުކުރާނެ.
ނ. ލަންދޫއަށް ރައީސް ވެލެއްވި ވައުދުތައް:
ބޯހިޔާވަހިކަމުގެ މަޝްރޫ ހިންގައިދޭނަން
ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހަދައިދޭނަން
ސިއްހީމަރުކަޒު އަޕްގްރޭޑްކޮށް 24 ގަޑިއިރަށް ބަދަލުކޮށްދޭނަން
ކޮމިއުނިޓީ ސެންޓަރު އަދި އިންޑޯ ޖިމެއް ގާއިމްކޮށްދޭނަން
ފުޓްސަލް ދަންޑު އަޕްގްރޭޑްކޮށްދޭނަން
ޒަމާނީ ވޭސްޓް މެނޭޖްމަންޓު ނިޒާމެއް ގާއިމްކޮށްދޭނަން
މަސްމާރުކޭޓެއް އަޅައިދޭނަން
ކުޑަކުދިންގެ ޕާކު ތަރައްގީކޮށްދޭނަން
ނ. މިލަދޫއަށް ރައީސް ވެ ލެއްވި ވައުދުތައް:
ގިރާ ސަރަހައްދު ހިމާޔަތްކޮށްދޭނަން
ބޮޑު މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދޭނަން
ސޯޝަލް ހައުސިން ގާއިމްކޮށްދޭނަން
ޒަމާނީ ވަސީލަތްތައް ސްޕޯޓްސް ކޮންޕްލެކްސް އެއް އަޅައިދޭނަން
ނ. މަނަދޫ އަށް ރައީސް ވެ ލެއްވި ވައުދުތައް:
- ސްކޭޓް ޕާކެއް ގާއިމްކޮށްދޭނަން
- ދެކުނު ފަރާތުގައި ޖެޓީއެއް އަޅައިދޭނަން
- ޕިކްނިކް ދެވޭނެ ކުޑަރަށެއް ހިއްކައިދިނުން
- ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނަން
- މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދޭނަން
- ނަރުދަމާއަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނަން
- އައިސް ޕްލާންޓެއް ގާއިމްކޮށްދޭނަން
- ލޯކަލް މާރުކެޓެއް ތަރައްގީކޮށްދޭނަން
ނ. ހެނބަދޫ އަށް ރައީސް ސަލިހު ވެލައްވާފައިވާ ވައުދުތައް:
ބިން އިތުރުކޮށްދިނުން
ބޯހިޔާވަހިކަމުގެ މަޝްރޫ ހިންގައިދިނުން
ހުކުރު މިސްކިތް އަޅައި
ނ ކުޑަފަރީ އަށް ރައީސް ވެލެއްވި ވައުދުތައް:
ޝޯޝަލް ހައުސިން ޔުނިޓްގައުމުކޮށްދިނުން
ސްކޫލުގައި ސައިންސު ލެބެއް ގާއިމްކޮށްދިނުން
ތިމާވެއްޓާ ރައްޓެހި މަގުތައް ތަރައްގީކޮށްދޭނަން
އާ ސިއްހީ މަރުކަޒެއް އަޅައި 24 ގަޑިއިރު ހިދުމަތް ދޭނަން -
ބަނދަރު އިތުރަށް ތަރައްގީކޮށްދޭނަން
ސާފިން ޕޮއިން ހިމާޔަތްކޮށްދޭނަން
ނ. މާޅެންދޫ އަށް ރައީސް ވެ ލެއްވި ވައުދުތައް:
- ޒަމާނީ ވޮލީ ކޯޓެއް ގާއިމްކޮށްދޭނަން
- ސިއްހީ މަރުކަޒު 24 ގަޑީރަށް ބަދަލުކޮށްދޭނަން
- ސިއްހީ މަރުކަޒުގައި ލެބޯޓަރީއެއް ގާއިމް ކޮށްދޭނަން
- ބަނދަރު އިތުރަށް ތަރައްގީކޮށްދޭނަން
- މަގުތައް ޒަމާނީ ފެންވަރަކަށް ތަރައްގީކޮށްދޭނަން