ads
ފާރިޝް މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ---
އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ޕެންޝަން ސްކީމެއް ތައާރަފް ކުރާނަން: ފާރިސް
އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ޕެންޝަން ސްކީމެއް ތައާރަފު ކުރާނެ ކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.

ފާރިސް މިހެން ވިދާޅުވީ އެބޭފުޅާގެ ކެމްޕޭން ޖަގަހައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފާރިސް ވާހަކަގައި ވިދާޅުވީ ގޭގައި ތިބެގެންވެސް މަސައްކަތް ކޮށް އާމުދަނީ ހޯދާ މީހުން އެބަތިބި ކަމަށާއި، އެގޮތުން ހެދިކާ ހަދާ މީހުންނާއި އަތްތެރި މަސައްކަތް ކޮށްގެންވެސް އާމްދަނީ ހޯދާ މީހުން ގިނަ ކަމަށެވެ. ނަމަވެސް އިގްތިސޯދީ ގާނޫނު ތަކާއި އޮނިގަނޑު އޮންނަ ގޮތުން އެފަދަ ފަރާތްތަކަށް ދައުލަތުން މާބޮޑު އަޅާލުމެއް ދެވޭ ކަހަލަ ގޮތެއް ނޯންނަ ކަމަށް ފާރިސް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ ވިސްނުމަކީ އެފަދަ މީހުން ކުރާ މަސައްކަތް ބަލައިގަތުން. ދައުލަތުން މާލީ އެހީތެރިކަމެއް ފޯރު ކޮށްދެވޭނެ ނިޒާމެއް ގާއިމް ކުރުން. އެމީހުން ކުރާ މަސައްކަތުން އެމީހުން ބެންކާއި ހަމައިން ފައިނޭންސް ހޯދޭނެ ގޮތަކަށް ކަންތައްތައް ތަރުތީބު ކުރުން،" -ފާރިސް-

އެފަދަ މަސައްކަތް ކުރާ މީހުންގެ އާމްދަނީން ޕެންޝަން ގޮތުގައި ޖަމާކުރެވޭނެ ގޮތްތައް ވެސް ހެދުމަކީވެސް މުހިންމު ކަމެއް ކަމަށްވެސް ފާރިސް ވިދާޅުވިއެވެ. އަދި އެއާއި އެއްމިންވަރަކަށް ދައުލަތުން ވެސް ފައިސާ ޖަމާ ކޮށްގެން އެމީހުންގެ މަސައްކަތުގެ އުމުރު ނިމޭއިރު، އެމީހުންނަށް އެކަށީގެންވާ ޕެންޝަނެއް އިންތިޒާމު ކުރެވޭނެ ގޮތް އެމަނިކުފާނުގެ ވެރިކަމެއްގައި ހަދައިދޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ. 

"އަޅުގަނޑު މެންގެ ތޭރޭން އެބަފެނޭ ފޮޓޯ ނަގާމީހުން މިއުޒުކް ކުޅޭ މީހުން. އެމީހުނަށްވެސް ބެންކާ ހިސާބަށް ގޮސްގެން ވެސް ފައިނޭންސް ހޯދުމަކީ ވަރަށް ދަތި ކަމެއް." ފާރިސް

އެފަދަ ކަންކަންކުރާ މީހުންގެ ރަޖިސްޓްރީއެއް ގާއިމު ކުރާނެ ކަމަށާއި، އެމީހުން ކުރާ މަސައްކަތުން އާމްދަނީގެ ނިސްބަތަށްބަލާ ލޯންުހަމަޖެއްސޭނެ ގޮތެއް ގާއިމް ކޮށްދޭނެ ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ. ފާރިސްގެ ސަރުކާރެއްގައި އަމިއްލަ މަސައްކަތް ކުރާ މީހުންނަށް ޕެންޝަން ސްކީމެއް ތައާރަފު ކުރުމަކީ ކުރައްވާނެ އެންމެ މުުހިންމު އެއްކަންތައް ކަމަށް ވެސް ފާރިސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް