ads
އިއްތިހާދު އެއާވޭސްގެ ފްލައިޓެއް: އެ އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ވަނީ ނިންމާފައި - ފޮޓޯ:އިއްތިހާދު އެއާވޭސް
އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރަމުންދާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސްއިން މިހާރު ރާއްޖެއަށް ކުރަމުން އަންނަނީ ހަފްތާއަކު ހަތް ދަތުރެވެ.

އެ އެއާލައިނުން ވަނީ އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އިތުރު ތިން ފްލައިޓް ރާއްޖެއަށް ބޭއްވުމަށް ނިންމާފައެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އިތުރު ހަތަރު ފްލައިޓް ބާއްވާގޮތަށް ވަނީ ހަމަޖައްސާފައެވެ. އެ އެއާލައިނުން އިތުރުކުރުމަށް ނިންމާފައިވާ ދަތުރުތަކާ އެކު، އަންނަ އަހަރު ފެށޭއިރު އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތަކުގެ އަދަދު ހަފުތާއަކު 14 ދަތުރަށް އިތުރުވާނެއެވެ.

ކޮވިޑް-19 ގެ ކުރިން އެ އެއާލައިނުން ރާއްޖެއަށް ކުރަމުން އައީ ހަފުތާއަކު ދެ ދަތުރެވެ. އެހެންނަމަވެސް ޑިމާންޑަށް އަންނަމުންދާ ބަދަލުތަކަށް ބެލުމަށްފަހު އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް ވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1،165،337 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަހަރު ރާއްޖެއަށް 1.9 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ އަމާޒުހިފާފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް