އެ މަގާމަށް އިންތިޚާބުވެފައި ވަނީ، ތ. ވޭމަންޑޫ، ކެނެރީވިލާ އާމިނަތު ނާއިލާއެވެ.
އިލެކްޝަން ކޮމިޝަން އިން ބުނީ ތ. ވޭމަންޑޫ ކައުންސިލްގެ އަންހެން މެންބަރުކަމުގެ އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ހުޅުވާލުމުން ދީފައިވާ މުއްދަތު ހަމަވިއިރު، ކުރިމަތިލާފައިވަނީ އިންތިޚާބު ކުރަންޖެހޭ ޢަދަދަށް ކަމަށެވެ.
އެހެންކަމުން އެ އިންތިހާބަށް އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ނާއިލާ އިންތިހާބު ކުރެވިފައިވާ ކަމަށެވެ.
އެ އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ 2023 ސެޕްޓެންބަރު 23 ވާ ހޮނިހިރު ދުވަހު ކަމަށާއި، ނަމަވެސް އިތުރު ކެމްޑިޑޭޓަކު ކުރިމަތިލާފައިނުވާތީ އިންތިހާބު ނުބާއްވާ ކުރިމަތިލާފައިވާ މެމްބަރު ހޮވިފައިވާ ކަމަށެވެ.