ads
ރައީސް ސޯލިހުގެ ރިޔާސީ ތަރުޖަމާނު، މާރިޔާ ދީދީ---
ބޭނުމަކީ ކުދިންނަށް ފަސޭހަ ކަމާއިއެކު ދީން އުނގަންނައިދިނުން: މާރިޔާ
އިނގިރޭސި ބަހުން އިސްލާމް ދީން ކިޔަވަން ބޭނުންވާ ކުދިންނަށް އެ ފުރުސަތު ހުޅުވާލީ ފަސޭހަކަމާއެކު ކުދިންނަށް ދީން އުގަންނައިދިނުމުގެ ނިޔަތުގައިކަމަށް ޑިފެންސް މިނިސްޓަރު އަދި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅުދައްކަވަމުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ޤުރުއާން ބާވާލެއްވީ އަރަބިން ކަމަށާއި، އަދި ހަދީސްތައް ވެސް ހުރީ އަރަބިން ކަމަށާއި، އެހެންކަމުން ދިވެހި ބަހަކާއި އިސްލާމް ދީނާއި ގުޅުމެއް ނެތް ކަމަށް މާރިޔާ ވިދާޅުވިއެވެ. 

ކުދިންނަށް ދިވެހި ބަސް ކިޔައިދޭން އޭ ކިޔާފަ އިސްލާމް ދީން އެބަހުން ކިޔަވައިދިނުމަކީ ކުދިންނަށް އެންމެ ފުރިހަމަ މައުލޫމާތު ލިބޭނެ ގޮތެއްނޫން ކަމަށެވެ.

"ކުދިންނަށް ފަސޭހަ ކަމާއިއެކު ދީން އުނގަންނައިދޭން ބޭނުންވަނީ. ކުދިން ހިތައް އަރާ ސުވާލުތަކާއި، އެއްޗިވެސް ވީހާވެސް ރަނގަޅަކަށް އޮޅުންފިލުވަން ބޭނުންވަނީ" -މާރިޔާ-

ކޮންމެ މީހެއްގެ ފޯނުގައިވެސް އޮތީ ތަރުޖަމާ ކަަމަށާއި، ވަގުތެއްވެއްޖިއްޔާ އޮންނަނީ ބަލާލެވޭގޮތަށް ކަމަށެވެ. އަދި މިހާރުގެ ކުދިން ވާހަކަދައްކާ އުޅެނީ އިގިރޭސީ ބަހުން ކަމަށާއި، އެހެން ކަމުން އެކަން ކުރެވެން އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށެވެ.

އިސްލާމް މާއްދާ އިގިރޭސީ ބަހުން ކިޔަވައިދޭން ސިލަބަހުގައި ހިމަނާފައިވުމުގެ އެންމެ ބޮޑުބޭނުމަކީ ކުދިންގެ ޝައުގުވެރިކަން އިތުރު ކުރުން ކަމަށެވެ. އަދި ރިސާޗް ހެދޭވަރަށް އިސްލާމް ދީނުގެ ވާހަކަތައް ހުރީ އިގިރޭސިބަހުން ލިޔެވިފައި ކަމަށާއި، އިންޓެނެޓާއި، އެހެނިހެން ސޯސްތަކުން ވެސް މައުލޫމާތު ހޯދުމަށް ފަސޭހަވާނީ އިގިރޭސީ ބަހުން ކިޔަވައިދެވިގެން ކަމަށެވެ.

އިގިރޭސިބަހުން އިސްލާމް މާއްދާ ކިޔަވައިދެވޭ ގޮތް ވެއްޖެ ނަމަ، އިތުރު މައުލޫމާތުތައް ލިބި ކުދިން ކުރިއަށް ދިއުމުގެ ވިސްނުންވެސް އިތުރުވެންދާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް