ads
ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިވަން މުއައްސަސާއެއް މިއަދު ނުފެނޭ: ޝިޔާމް
ރާއްޖޭގައި މިއަދު މިނިވަން މުއައްސަސާއެއް ހިނގާތަން ނުފެންނަކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރު ކަމަށް ބޭފުޅަކު އައްޔަނު ކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިސަރުކާރު އައީ ޝަރުއީ ނިޒާމު އިސްލާހު ކުރާނެ ކަމުގެ ވައުދާއި އެކު ކަމަށާއި، އެހެން ނަމަވެސް ކޯޓުތައް އިސްލާހު ކުރެވިފައި ނުވާކަމަށެވެ. 

ކޯޓުތައް އިސްލާހު ނުވެގެން އުޅެނީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގައި އިންނަވާތީކަމަށް ޝިޔާމް ވިދާޅުވި އެވެ. 

މީގެ އިތުރުން ޝިޔާމް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި މެދު އަމަލުކުރެވުނު ގޮތުން އިންސާފު ނުލިބޭކަން ހާމަވާކަމަށާއި، ތަހުގީގު ކުރި ކަމަކާއި ދައުވާ އާއި ނުގުޅޭ ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ އެއްވެސް ރައްޔިތަކަށް އިންސާފު ނުލިބޭކަމަށެވެ.

އީސީގެ މެމްބަރު ކަމަށް ފޮނުވާފައި ހުރި ނަންތަކާއި ގުޅޭގޮތުން ޝިޔާމް ވިދާޅުވީ އެންމެ ފަހުން ބޭއްވި އިންތިހާބުގައި ކަންކަން ކޮށްފައި ހުރި ގޮތުގެ ވާހަކަ ދައްކަން ބޭނުންނުވާކަމަށާއި، އެހެން ނަމަވެސް އީސީއަށް އައްޔަނު ކުރާ ފަރާތަކީ ނަޒާހަތްތެރި ފަރާތަކަށް ވާންޖެހޭކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް