ނާޒިމް މިހެން ވިދާޅުވީ އެބޭފުޅާ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނާޒިމް ވިދާޅުވީ މާލެއަކީ ގިނަ މައްސަލަތަކެއް ހުރި ތަނެއް ކަމަށާއި، މާލެ ސިފަ ކުރާ ނަމަ ސިފަ ކުރެވޭނީ އަލިފާން ބޯޅައެއްގެ ސިފައިގައި ކަމަށެވެ.
އެ އަލިފާން ބޯޅަ ކަނިޖަހަޖަހާއި އޮތް އިރުވެސް މިތީބީ ބަލަން ކަމަށާއި، އެރޯވާނެ ވަގުތަކަށް ކަމަށެވެ. ނަމަވެސް މިހުރިހާ ކަމެއް އެނގިހުރެ ވެރިކަމަށް އަންނަން ގަސްތުކުރީ އެ މައްސަލަތައް ހައްލު ކުރަން ކަމަށެވެ.
އެހެން ކަމުން އެބޭފުޅާގެ މެނިފެސްޓީ ތައްޔާރު ކުރީ އެ މައްސަލަތައް ހައްލު ކުރެވޭނެ ގޮތަށް ބަލާ ދިރާސާ ކުރުމަށްފަހު ކަމަށެވެ.
ރާއްޖޭގައި ހުރި ބޮޑެތި އިޖުތުމާއީ މައްސަލަތައް ފެށިފައި އޮތް ނަމަވެސް އެއްވެސް ސަރުކާރަކަށް އެކަމެއް ނުކުރެވުނު ކަމަށެވެ.