ads
ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ސައިޓް މޮބިލައިޒްކޮށްފައި - ފޮޓޯ:އެމްޓީސީސީ
ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ
ނ. ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ ބުރާސްފަތި ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރެވިފައިވާ ކަމަށެވެ.

ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ ދަށުން 10،276 އަކަ ފޫޓުގެ ސަރަހައްދެއްގައި ދެ ކްލާސް ރޫމާއި ދެ ވޯކްޝޮޕް އިމާރާތް ކުރުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އޭގެ އިތުރުން އެއް އައިސީޓީ ލެބާއި އެއް ލައިބްރަރީ ހިމެނޭ އިމާރާތެއް ބިނާކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެއެވެ.

ހަޔަ އެޑިޔުކޭޝަންގެ ފަރާތުން އެމްޓީސީސީ އާ ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

ވެލިދޫއަކީ 2،724 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. އެ ރަށުގެ ރައްޔިތުން އާންމުކޮށް ހަރަކާތްތެރިވަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. މަތީ ފަންތީގައި ހިންގަމުންދާ ހަތް ރިސޯޓެއް ނ. އަތޮޅުގައި މިހާރުވެސް އޮތުމުން ގިނަ ރައްޔިތުންތަކެއް ވަޒީފާ އަދާކުރަމުންދަނީ އެ ރިސޯޓުތަކުގައެވެ. ވެލިދޫގައި އެކަށީގެންވާ އާބާދީއެއް އޮތުމާ އެކު، ތައުލީމް ހާސިލު ކުރަމުންދާ ބޮޑު އާބާދީއެއްވެސް އޮވެއެވެ.

ވެލިދޫ ޖޫނިއަ ކޮލެޖް މަޝްރޫއުގެ މަސައްކަތް ނިމުމާ އެކު، ރަށުގައި ތިބެގެން ކިޔެވުމުގެ ފުރުސަތު އެތަކެއް ޒުވާނުންނަށް ފަހިވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެ ކުންފުނިން ބުނެފައިވަނީ އެކަމުގެ ސަބަބުން ރަށުގެ އުފެއްދުންތެރިކަން އިތުރުވެ، ތައުލީމީ ގާބިލު ޒުވާން ޖީލެއް އުފެދިގެންދާނެ ކަމަށެވެ.

your imageވެލިދޫ ޖޫނިއަ ކޮލެޖް މަސައްކަތް ފެށުމަށް އެމްޓީސީސީން ވަނީ ސައިޓް މޮބިލައިޒްކޮށްފައި - ފޮޓޯ:އެމްޓީސީސީ

އެމްޓީސީސީން ބުނި ގޮތުގައި މި މަޝްރޫއަކީ 11.91 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމުގައެވެ. މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް