ads
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް
ނާޒިމްގެ ވެރިކަމެއްގައި ކޮންމެ ރަށަކަށް ގައިނަކޮލަޖިސްޓަކާއި، ކުޑަކުދިންގެ ޑޮކްޓަރެއް!
ނާޒިމްގެ ވެރިކަމެއްގައި ކޮންމެ ރަށަކަށް ގައިނަކޮލަޖިސްޓަކާއި، ކުޑަކުދިންގެ ޑޮކްޓަރެއް ހަމަޖައްސަން ނިންމައިފިއެވެ.

ނާޒިމް ވިދާޅުވީ އޭނާގެ ވެރިކަމަށް ހޮވިއްއްޖެ ނަމަ ކޮންމެ ރަށަކަށް ގައިނަކޮލަޖިސްޓަކާއި، ކުޑަކުދިންގެ ޑޮކްޓަރެއް ހަމަޖައްސާނެ ކަމަށެވެ.

ނާޒިމް މިހެންވިދާޅުވީ ސީއެންއެމްޓީވީގެ ރިޔާސީ ރޭސް 2023 ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ނާޒިމް ފާހަގަ ކުރެއްވީ މާބަނޑުމީހަކަށް ކަނޑުމަތީގައި ކަމެއް ދިމާވުމުން އެކަމަށް ހައްލެއްހޯދޭނެ ގޮތެއް މީގެ ކުރިން ނޯންނަ ކަމަށާއި، އެކަމަށް ހައްލެއް ހޯދަމުގެ ގޮތުން ކޮންމެ ރަށެއްގައި ތިބޭ މާބަނޑުމީހުންނަށް ފަރުވާ އަވަސް ކުރެވޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.

"ވިހެއުމުގެ ކަންތައްތަކުގަ އެކަށީގެންވާ ފަރުވާ ރަށްރަށުން ހޯދައިދެނޭ. މާބަނޑުމީހަކަށް ކަނޑުމަތީގަ ކަމެއް ދިމާވުމުން އެއީ ގަބޫލު ކުރެވޭނެ ކަމެއްނޫން. "ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ވިދާޅުވީ އަތޮޅުތެރޭގެ ރަށްރަށުގައި ސްކޭން ކުރުމާއިއެކު އިތުރު ހިދުމަތް ފުޅާކުރެވި ރަށްރަށުގައި މީހުންއުޅެވޭނެ ގޮތަށް އެރަށްތައް ތަރައްގީ ކުރެވޭނެ ކަމަށެވެ. އެފަދަ ހިދުމަތެއް ނެތި ރަށްރަށުގައި މީހުން އުޅުމަށް ވަރަށްބޮޑު ނިކަމެތި ކަމެއް ލިބޭ ކަމަށެވެ.

އެގޮތުން ކޮންމެ ރަށަކީވެސް އުފާރި ތަނެއްގެ ގޮތުގައި ހެދުމަކީ އެބޭފުޅާގެ ވައުދެއް ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް