ads
މާރިޔާ: ފޮޓޯ މަޖިލިސް
މުއިއްޒުގެ ގެ ވައުދުތައް ވަނީ އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީކޮށްފައި: މާރިޔާ
ޕީއެންސީގެ ކެނޑިޑޭޓު ޑރ، މުހައްމަދު މުއިއްޒުގެ ރޭ ނެރުނު ބޯހިޔާވަހިކަމާ ގުޅޭ މެނިފެސްޓޯގެ ވައުދުތައް ވަނީ އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީކޮށްފައިކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ މިއަދު ހޮޓެލް ޖެންގައި ބޭއްވި ޕްރެސްކޮންފަރެންސްއެއްގައި ވާހަކަ ދައްކަވަމުންނެވެ. 

"ވައުދުތައް ވަނީ އެމްޑީޕީގެ މެނިފެސްޓޯއިން ކޮޕީކޮށްފަ،" މާރިޔާ ވިދާޅުވިއެވެ.

މާރިޔާވިދާޅުވީ ގުޅީފަޅުން އެމްޑީޕީ ސަރުކާރުގައި ކުރިން 160 ޔުނިޓުގެ ފްލެޓް އަޅައިގެން ކުރިއަށް ގެންދަނިކޮށް އެކަން މުއިއްޒުގެ ހައުސިން މިނިސްޓްރުކަމުގައި ހުއްޓުވާފާނެކަަމަށެވެ. ނަމަވެސް އޭރު އެމީހުން ވަނީ ހައުސިން ޔުނިޓްތަކަށް އަގުވެސް ދީފައިކަމަށެވެ. މަސައްކަތް ހުއްޓުވުމަށްފަހު ވެސް ބަދަލު ދިނީވެސް އެންމެ 18 މީހުންނަށްކަން މާރިޔާ ފާހަގަކުރެއްވިއެވެ.  

ރޭ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އޮތް، މުއިއްޒުގެ މެނިފެސްޓޯ އާންމު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ވަނީ މި ސަރުކާރުން ދޫކޮށްފައިވާ އެއްވެސް ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ވިދާޅުވެފައެވެ.

"މުއިއްޒުގެ ބިރުވެރިކަން އަބަދު ވެސް އޮންނާނެ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭންވެގެން މި ލިބުނުު ފްލެޓުތައް އަލުން އަނބުރާ އަތުލައްވާނެ ކަމުގެ," -މާރިޔާ-

މީގެ އިތުރުން އޭނާ ވަނީ މުއިއްޒު އިސްވެ ހުންނަވައި، ސިޓީ ކައުންސިލުން އެމްޑީޕީގެ ކެމްޕޭނަށް ހުރަސް އަޅާކަމަށް ތުހުމަތުކުރައްވާފައެވެ. ސަަރުކާރުގެ ފަރާތުން އިދިކޮޅަށް އެފަދަ އެއްވެސް ހުރަހެއް ކުރިމަތި ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް