ads
މިއުޒިކް ކުޅޭ ޑީޖޭއިންގެ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އޫބަ އިވެންޓްސް އާއެކު ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައި - ފޮޓޯ:ސީއެންއެމް
ޓޫރިޒަމް މިނިސްޓްރީން ޑީޖޭއިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަނީ
މިއުޒިކް ކުޅޭ ޑީޖޭއިންގެ ގޮތުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާނެ މީހުން ތަމްރީނު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އޫބަ އިވެންޓްސް އެންޑް އާޓިސްޓް ޕްރައިވެޓް ލިމިޑެޓް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. އޫބަ އިވެންޓްސްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޑިރެކްޓަރު އުމަރު ޒިޔާދެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ޑީޖޭއިންގެ ގޮތުގައި މަސައްކަތް ކުރުމަކީ ދިވެހިން ވަރަށް ޝައުގުވެރިކަމާ އެކު ކުރާ ކަމެއްކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެ މަސައްކަތް ދަސްކުރާ ހިތްވާ ވަރަށް ގިނަ ކުދިން އުޅޭ ކަމަށާއި މި ޕްރޮގްރާމްގެ ސަބަބުން އެފަދަ ކުދިންނަށް ކުރިއެރުން ލިބޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ރާއްޖޭގައި ޑީޖޭ ޝޯޓޭޖެއް އެބައޮތް ކަން ފާހަގަކުރައްވާ މައުސޫމް ވިދާޅުވި ގޮތުގައި މި ޕްރޮގްރާމް ނިމި، ސީޒަން ފެށޭއިރަށް މިހާރު ޑީޖޭގައި އުޅޭ ކުދިންގެ އިތުރުން އާ ކުދިންވެސް އިންޑަސްޓްރީއަށް ތައްޔާރުކުރެވޭނެ ކަމުގައެވެ.

އޫބަ އިވެންޓްސްގެ ޑިރެކްޓަރު އުމަރު ޒިޔާދު ވިދާޅުވީ ޕްރޮގްރާމް ނިމޭއިރު ޑީޖޭއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ އަސާސީ ތަމްރީންތަކާއި މައުލޫމާތުތައް ލިބޭނެ ކަމަށެވެ. މި ޕްރޮގްރާމްގައި ގާތްގަނޑަކަށް 20 ކުދިންނަށް ފުރުސަތުދޭއިރު، އިސްކަންދޭނީ އިންޑަސްޓްރީއަށް ހިދުމަތްދޭ ކުދިންނަށް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި މި ކޯހަކީ މެލޭޝިއާގެ ޑީޖޭސް ޕްލޭގްެރައުންޑް ކިޔާ ސްކޫލަކާ ގުޅިގެން ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ ކޯހެއް ކަމުގައެވެ. ކޯސް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 24 ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހަށް ކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވެފައިވަނީ ޕްރޮގްރާމް ހިންގުމުގެ މަގުސަދަކީ ޒުވާނުން މި ދާއިރާއަށް ނެރުން ކަމަށާއި ކޯސް ފުރިހަމަކުރުމުން ޕައިނިއާސް ސެޓިފައިޑް ސެޓްފިކެޓެއް ލިބޭނެ ކަމަށެވެ.

ޑީޖޭއިން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށާއި ކޯހުގައި ބައިވެރިވާ ކުދިން އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް