ads
ފުލުހުންގެ މައިމަރުކަޒު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދަނީ
އެއާޕޯޓުން ފެނުނު ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ ޑޮލަރުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންއަންނަ ކަމަށާއި، އެ ޑޮަލރުތައް ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ.

އެ ޑޮލަރުތައް ފެނިފައިވަނީ އާދިއްތަ ދުވަހު އިރު އޮއްސި 18:28 ހާއިރުކަމަށެވެ. 

"އެ ޑޮލަރުތައް ފެނިފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލް ކަފިހިހުރަސް ސަރަހައްދުން" -ފުލުހުން-

މިގޮތުން އިތުރަށް ފުލުހުން ބުނެފައިވަނީ މި ފައިސާތަކުގެ ވެރިފަރާތް ހޯދުމަށްޓަކައި ފުލުހުން މިހާތަނަށްކުރި މަސައްކަތުން އެ ފައިސާތަކުގެ ވެރިފަރާތް ހޯދިފައިނުވާ ކަމަށެވެ.

އެހެންކަމުން އެ ފައިސާތަކުގެ ވެރިފަރާތުން، އެއާޕޯޓު ޕޮލިސްގެ ނަންބަރު 9400056 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓު ޕޮލިހަށް ހާޒިރުވެ ފައިސާއާ ހަވާލުވެލެއްވުން އެދޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް