ads
އެއާޕޯޓްގައި މާރާމާރީ ހިންގި ބީދޭސީ މީހާ
ވެލާނާ އެއާޕޯޓުގައި ދިވެހިންގައިގައި ތެޅި ބިދޭސީއަކު ހައްޔަރުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުތެރޭގައި ދިވެހިން ތަކެެއްގެ ގައިގައި ތެޅި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މާރާމާރީ ހިންގާފައިވަނީ މިއަދު ހެނދުނުއެވެ. އިންޓަނޭޝަނަލް ޓާމިނަލްގެ ޗެކިން ސަރަހައްދުގައި ހިނގި މި މާރާމާރީގެ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. މި ވީޑިއޯތަކުން ފެންނަ ގޮތުން މި ބީދޭސީ މީހާ ވަނީ އެއާޕޯޓްގައި މަސައްކަތް ކުރާ ދެ ދިވެހިންނަށް ހަމަލާދީފައެވެ. 

އެއާޕޯޓު މުވައްޒަފަކާއި ކޮންމެވެސް ކަމަކާއި ދެބަސްވެ ހަޅޭލެވުމަށްފަހު އެންބރި އައިސް ދިވެހި މުވައްޒަފުގެ ބޮލިުގައި ވަރަށްް ބާރަށްް ޖަހައެވެ. އެއާއި އެކު ދިވެހި މުވައްޒަފުން ބިންމައްޗަށް ވެއްޓިފައެވެ. އަދި އެކަން ހުއްޓުވުމަށް އަންނަ އެހެން ދިވެހި މުވައްޒަފެއްގެ މޫނުމަތީގައި ބިދޭސީ މީހާ ވަރަށްް ބާރަށް ޖަހާތަންވެސް މި ވީޑިއޯތަކުން ފެނެއެވެ. އަދި ފަހުން ބިދޭސީ ކައިރީ ހުންނަ މީހަކު އައިސް އެ ބީދޭސީ މީހާ ގެންދާތަންވެސް ފެނެއެވެ.

ފުލުހުން ބުނީ މި މާރާމާރީ ހިންގި ބިދޭސީ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ. މި މާރާމާރީ ހިންގީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފެއް ނުވެއެވެ.

71%
ކަމުގޮސްފި
29%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް