ads
ކާނަލް ނާޒިމް
ހިތް އޮތީ އަސްކަރީ މަސައްކަތުގައި ކުރަން ބޭނުންވަނީ ސިޔާސީ މަސައްކަތް: ނާޒިމް
ހިތް އޮތީ އަސްކަރީ މަސައްކަތުގައި ކަމަށާއި، ނަމަވެސް ކުރަން ބޭނުންފުޅުވަނީ ސިޔާސީ މަސައްކަތް ކަމަށް އެންއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރިޔާސީ ކެންޑިޑޭޓް" ޕްރޮގުރާމްގައި ހޯމަދުވަހު ވާހަކަދައްކަވަމުންނެވެ. 

"ސިޔާސީ މަސައްކަތުގެ ތެރެއަށް ވަދެވުނީ ކޮންމެހެން ސިޔާސީ މީހަކަށްވާކަށް ވާކަށްނޫން. އިއްތިފާގެއް ސިޔާސީ މަސައްކަތަށް ނުކުމެވުނީ،" -ނާޒިމް-

ސިޔާސީ މަސައްކަތަށް ނުކުމެވުނު ގޮތް ކިޔައިދެއްވަމުން ނާޒިމް ވިދާޅުވީ ސަރުކާރުތަކުން އޭނާ އާއި ދޭތެރޭ ކަންތައް ކޮށްފައިވަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ. ސިފައިންގޭގައި ހުއްޓާ ސިޔާސީ ބޭނުމަކަށްޓާކާއި ވަޒީފާއިން ވަކި ކުރިކަމަށްވެސް އެނާ ވިދާޅުވިއެވެ. އޭގެ ފަހުން ދިމާވި ބައެއް ހާދިސާތަކުގެ ސަބަބުން ވަޒީރެއްގެ މަގާމަށް އާދެވުނު ކަމަށާއި، އެހާ ހިސާބުން ސިޔާސީ މީހަކަށްވާން ބޭނުންވީ ކަމަށެވެ.

ނާޒިމް ވަނީ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން ކުރައްވާފައެވެ. އެނާއަސް އެ މަގާމުގެއްލުނީ، ނާޒިމްގެ ގެއިން ފިސްތޯލެއް ފެނުނުކަމުގެ ތުހުމަތުގައި އޭނާ ހައްޔަރުކުރުމުންނެވެ. އޭނާ ތުހުމަތު ކުރައްވާގޮތުން އެނާ އޭރު "ފްރޭމް" ކުރީއެވެ. 

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލެއް ފެނުނު މައްސަލާގައި ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ވެސް އޭރު އިއްވިއެވެ. އެ ހުކުމަކީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަން ސާބިތުކުރަން އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ވެސް މައްސަލައެއް ހުށަހަޅިއެވެ. މި ހާދިސާ ހިނގާފައިވަނީ މީގެ 7 އަހަރު ކުރިންނެވެ.




0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް