
ފަތުރުވެރިންނަށް ހާއްސަކޮށް ހުޅުމާލޭ ގޮނޑުދޮށުގައި ސަރަހައްދެއް ތަރައްގީކުރުމަށް ވަނީ ނިންމާފައި - ފޮޓޯ:ސީއެންއެމް
ފަތުރުވެރިންނަށް ހާއްސަކޮށް ހުޅުމާލޭ ގޮނޑުދޮށުން ސަރަހައްދެއް
މުހައްމަދު އަތީފް
22 އޯގަސްޓް 2023 - 19:57:53
ފަތުރުވެރިންނަށް ހާއްސަކޮށް ހުޅުމާލޭ ގޮނޑުދޮށުގައި ސަރަހައްދެއް ތަރައްގީކުރުމަށް ނިންމައިފިއެވެ.
އާބަންކޯއިން ބުނީ ފަތުރުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭ ގޮނޑުދޮށުގައި ސަރަހައްދެއް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއެކު އެ ކޯޕަރޭޝަނުން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ ސަރަހައްދު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ލައިފްގާޑް ހަޓަކާއި ޝަވަރު އަދި ކިއޮސްކްގެ އިތުރުން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެ ސަރަހައްދެއްގެ ގޮތުގައި ކަމަށް އާބަންކޯއިން ބުނެއެވެ.
އާބަންކޯއިން ބުނި ގޮތުގައި މިއީ ހުޅުމާލޭގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެކެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް