
މޯހަން ބަގާން، ގްރޫޕް ސްޓޭޖަށް ކޮލިފައިވީ، ޕްލޭ އޮފްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީ ތިން ލަނޑު އެއް ލަނޑުން ބަލިކޮށްގެނެވެ. އަބަހާނީވަނީ މިދިޔަ ހަފްތާގައި ޕްރިލިމިނަރީ ބުރުގައި ރާއްޖޭގެ އީގަލްސް ބަލިކޮށްފައެވެ.
މޯހަން ބަގާންއަކީ މިދިޔަ އަހަރުވެސް އަދި އޭގެ ކުރީ އަހަރުވެސް ދެކުނު އޭޝިޔާ ގްރޫޕުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. މިދިޔަ އަހަރު ސެންޓްރަލައިޒްޑްކޮށް ދެކުނު އޭޝިއާ ގްރޫޕު އިންޑިޔާގައި ކުޅުނު އިރު، އޭގެ ކުރީ އަހަރު ކުޅުނީ ރާއްޖޭގައެވެ.
މޯހަން ބަގާންއާއެއެކު ދެކުނު އޭޝިއާ ގްރޫޕުގެ ހަތަރު ޓީމު ހަމަވީއެވެ. އެއީ އިންޑިޔާއިން މޯހަން ބަގާންއާއެކު އޮޑިއްޝާ އެފްސީއާއާ، ރާއްޖޭން މާޒިޔާ އަދި ބަންގްލަދޭޝްއިން ބަޝަންދުރާ ކިންގްސްއެވެ.
އޭއެފްސީ ކަޕްގެ މެޗުތައް އޮންނާނީ ހޯމް އެންޑް އަވޭ އުސޫލުން ސެޕްޓެމްބަރު މަހުގެ 18 އިން ފެށިގެން އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހާއި ހަމައަށް އެކި ތާރީހުތަކުގައެވެ. އޭއެފްސީ ކަޕުގެ ގުރު ނެގުން މާދަމާ އޮންނާނެއެވެ.