ads
ކެމްޕޭން ޖަލްސާގައި ނާޒިމް ވާހަކަފުޅު ދައްކަވަނީ
ފޭދޫގައި ރަނގަޅު ފެންވަރުގެ ޕްރީސުކޫލެއް އަޅައިދޭނަން: ނާޒިމް
ފޭދޫގައި ރަނގަޅު ފެންވަރުގެ ޕްރީސުކޫލެއް އަޅައިދޭނެ ކަމަށް އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް މުހައްމަދު ނާޒިމް ވައުދުވެލައްވައިފިއެވެ.

ނާޒިމް އައްޑޫ ފޭދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެލްކޭޖީ އާއި ޔޫކޭޖީއަށް ފޭދޫ ސުކޫލުުގައި ކިޔަވައިދެވޭ ތަނެއް ނުފެންނަ ކަމަށާއި، އެންމެ އެކަށީގެންވާ ވަރަށް އަދިވެސް ސުކޫލުގައި އިންތިޒާމެއް ނެތް ކަމަށެވެ.

ތައުލިމީ ނިޒާމު އޮތް ހާލަތުން 11، 12 ނިމުނީމަ ދާން ޖެހެނީ މާލެ އަށް ކަމަށާއި، އަދި ޕްރީ ސުކޫލް މަރުހަލާވެސް އޮތީ ވަރަށް ބޮޑަށްވެސް ދަށަށް ގޮސްފައި ކަމަށެވެ.

ނާޒިމް ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގާ ރަނގަޅު ފެންވަރުގެ ޕްރީސުކޫލެއް ފޭދޫގައި އަޅުއްވާ ހިންގަވައި ދެއްވަން ފަށާނެ ކަމަށެވެ. 

މީގެ އިތުރުން ނާޒިމް ވިދާޅުވެފައިވަނީ އައްޑޫ އަށް ބޮޑު ތަސައްވުރެއް އެބަ އޮތް ކަމަށާއި، އެ ތަސައްވުރެ ހިތަދޫ ޖަލްސާގައި ހާމަ ކުރައްވާނެ ކަމަށެވެ.  ނާޒިމް ވަނީ ކ. ހުރާ އަށް ވަޑައިގެންވެސް އެމްއެންޕީގެ ވެރިކަމެއްގައި ޕްރައިމަރީ ސްކޫލުން ފެށިގެން ޕީއެޗްޑީއާ ހަމައަށް ހިލޭ ކިޔަވައިދޭނެ ކަމަށް ވިދާޅުވެފައެވެ. 

"ތައުލީމު ދިނުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް. ޕްރައިމަރީން ފެށިގެން އިރާދަކުރެއްވިއްޔާ ޕީއެޗްޑީއާ ހަމައަށް އަޅުގަނޑުމެން ހިލޭ ކިޔަވައިދޭނަން،" -ނާޒިމް-

އަދި ނާޒިމް ވިދާޅުވެފައިވަނީ ތައުލީ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެ ކަމަށާއި، އެއް ދަންފަޅިއަށް ކުދިންނަށް ކިޔަވައިދިނުން ވެސް ބަދަލުކުރާނެ ކަމަށެވެ.

އެގޮތުން މަންހަޖުގެ ތެރެއަށް އެކި ކަހަލަ ސްކިލްސް އިތުރުކުރާނެ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް