ads
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނުގައި 250 އަށްވުރެ ގިނަ މީހުން ސޮއިކޮށްފި
މާލޭ ކުލީގެ އަގު ހެޔޮކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ޕެޓިޝަނުގައި 250 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް މާލޭ ޓެނަންޓްސް ޔޫނިއަށް އިން ބުނެފިއެވެ.
މާލޭ ކުލީގެ އަގު ހެޔޮކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ ޕެޓިޝަނުގައި 250 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވާކަމަށް މާލޭ ޓެނަންޓްސް ޔޫނިއަށް އިން ބުނެފިއެވެ.

އެ ޕެޓިޝަނުގައި ގޮވާލާފައިވަނީ ކުލި ކޮންޓްރޯލް ކުރުމަށެވެ.

މާލޭގައި ކުއްޔަށް އުޅޭ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ހަދާފައިވާ ޔޫނިއަންގެ ފަރާތުން އިއްޔެ ހަވީރު ކާނިވާ ސަރަހައްދުގައި ވަނީ ޕެޓިޝަނުގައި ސޮއިކުރަން ފަށައިފައެވެ. ދެ ގަޑީރު ތެރޭގައި 258 މީހުން ސޮއިކޮށްފައިވާކަމަށް އެ ޔޫނިއަންގެ މުއައްސިސް ޝައިން ޔޫސުފް މިއަދު ސީއެންއެމްއަށް ވިދާޅުވިއެވެ.

"މިއީ ހިތްހަމަ ޖެހޭ އަދަދެއް ދެ ގަޑީރު ތެރޭގަ. މިއީ މިނެޓަކަށް ދެ ސޮއިގެ ރޭޓުން މީހުން ސޮއިކޮށްފަ މިހުރީ،" ޝައިން ވިދާޅުވިއެވެ.

ކުއްޔަށްއުޅޭ މީހުންގެ ޔޫނިއަންގެ ފަރާތުން މީގެ ދެވަނަ އިވެންޓެއް އަންނަ ހުކުރު ދުވަހު ވެސް ކާނިވާ ސަރަހައްދުގައި ބާއްވާނެއެވެ.

މާލޭ ޓެނަންޓްސް ޔޫނިއަން އެމްޓީޔޫ އުފައްދާފައި ވަނީ އޮކްޓޫބަރު މަސް ތެރޭގައެވެ.

އެމްޓީޔޫއިން ބުނެފައިވަނީ އެ ޔޫނިއަންގެ މަގުސަދަކީ ޒަމާންތަކެއް ވަންދެން މާލޭގައި ކުއްޔަށް ދިރިއުޅެމުން އައި މީހުން ވޭނާއި ތުރާތައް ހިއްސާކުރަމުންދާތީ އެމީހުންގެ ކަންބޮޑުވުންތަކަށް ރަސްމީ ސިފައެއް ގެނެސްދިނުން ކަމަށެވެ.

އެމްޓީޔޫ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މާލޭގައި ކުއްޔަށް ދިރިއުޅޭ ކޮންމެ މީހަކަށްވެސް އެ ޖަމިއްޔާގައި ބައިވެރިވެ އެމީހުންގެ ވާހަކަތައް ހިއްސާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ޖަމިއްޔާގެ މަގްސަދެއް ކަމަށް ބުންޏެވެ.

މީގެއިތުރުން ކުރިއަށް އޮތް ދުވަސްތަކުގައި އެފަދަ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދިނުމަށް ރޭވިފައިވާކަން ފާހަގަކޮށް އެމްޓީޔޫ އިން ބުނީ އެއްގެއިން އަނެއް ގެއަށް ބަދަލުވާއިރު ދިމާވާ މައްސަލަތަކުގައި އެހީތެރިކަމާއި، ކޮންޓްރެކްޓް ހެދުމާއި، އަދި އެހެނިހެން މައްސަލަތަކުގައި ވަކީލުންގެ އެހީތެރިކަމާއި އަދި ހޯމް އިންޝުއަރެންސް ފަދަ ކަންކަން ހަދައިދޭން ރޭވިފައިވާ ކަމަށެވެ.

މާލޭގައި ދިރިއުޅޭ މީހުންގެ ހައްގުތައް ހިމާޔަތްކޮށް އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން މާލޭގެ ކުލި ކޮންޓްރޯލް ކުރުމަށް ބާރުއަޅާ ކެމްޕެއިނެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް