ads
އުމަރު ނަސީރު
ވެރިކަމަށް ގެންނަން ޖެހޭނީ ކަނާތުން ވައަތް ކަނޑާލަން ކެރޭ މީހެއް :އުމަރު
ވެރިކަމަށް ގެންނަން ޖެހޭނީ ކަނާތުން ވައަތް ކަނޑާލަން ކެރޭނެ ވަރުގެ ގަޓް ހުރި މީހެއް ކަމަށް ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތި ލައްވާ ކެންޑިޑޭޓް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
Advertisement

އުމަރު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ "ރިޔާސީ ސިޔާސަތު" ޕްރޮގްރާމްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ވިދާޅުވީ ވެރިކަމަށް ގެންނަން ޖެހޭނީ ޖެހިލުން ކުޑަމީހެއް ކަމަށެވެ. އަދި ތަހުގީގު ކުރަންޖެހޭ ކޮންމެ ކަމެއް ތަހުގީގު ކުރެވޭނެ މީހެއް ކަމަށާއި، އެމީހަކީ އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އެޅޭނެ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ. 

ކަނާތުން ވައަތް ކަނޑާލަން ޖެހިއްޖިއްޔާ ކަނޑާލަން ޖެހޭނީ. އެއީ ލީޑަރަކީ." -އުމަރު-

އުމަރު އެދިލެއްވީ ގައުމުގައި ހުރި ބޮޑެތި މުންކަރާތްތައް ނައްތާލާން ޖެހޭ ކަމަށެވެ. އަދި މިހާރު ގައުމު އެދިގޮވާ ކަންތައްތަކަށް ވަކާލާތު ކުރާތާ 15 އަހަރު ވެފައިވާ ކަމަށެވެ. އެހެންކަމުން މިފަހަރު އެބޭފުޅާ ޓެސްޓް ކޮށްލުމަށް ވެސް އުމަރު ވަނީ އެދިވަޑައިގެންފައެވެ.

އުމަރު ހޯމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެމަނިކުފާނަށް ދިމާވި ބައެއް ކަންތައްތައް ކިޔައިދެމުން އުމަރު ވިދާޅުވީ އޭރު މިނިސްޓަރުކަމުގައި އަދީބު ހުންނެވިއިރު، ގާނޫނާއި ހިލާފަށް ބައެއްކަންކަން ކުރައްވާކަން ފުލުހުންގެ އިންޓެލިޖެންސުން ލިބުނު މައުލޫމާތާއި ގުޅިގެން އެކަން ތަހުގީގު ކުރަން ހުށަހެޅި ކަމަށެވެ.

ނަމަވެސް އެހާ ހިިސާބުން ބާރުތައް ހަނިކުރެވުނު ކަމަށެވެ. އެހެން ނަމަވެސް މަސައްކަތް ބަރާބަރަށް ކުރިއަށް ގެންދިޔަ ކަމަށެވެ. 

އޭގެފަހުން ދެން ކުރިއަށް ނުގެންދެވޭނެ ކަން އެނގިލެއްވުމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވީ ކަމަށްވެސް އުމަރު ވިދާޅުވިއެވެ.

ދައުލަތުގެ މީޑިޔާ ގެ "ރިޔާސީ ކެންޑިޑޭޓާއިއެކު" ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުންވެސް އުމަރު ވިދާޅުވެފައިވަނީ އެ ބޭފުޅާގެ ވެރިކަމެއްގައި ކަތިވަޅިއެެއްވެސް ނުގެންގުޅެވޭނެ ކަމަށެވެ.

އުމަރު ވިދާޅުވީ އެބޭފުޅާގެ ވެރިކަމެއްގައި ރާއްޖޭގެ މަގުތައް އަމާންވާނެ ކަމަށާއި، މަގުމަތީގައި މަސްތުވާ ތަކެތި ވިއްކުމާއި، ވަޅިހެރުމާއި، ކަނޑި ހޫރުމާއި، ކަތިވަޅިއެއް ވެސް ނުގެންގުޅެވޭނެ ކަމަށެވެ. 

"ތިބޭފުޅުންގެ ދަރިންނަށް މަގުތަކުގައި އަމާންކަމާއި އެކު ހިނގާބިނގާވެ އުޅެވޭނެ. ތިބޭފުޅުންގެ ދަރިންނާއި ދިމާލަށް މަސްތުވާތަކެތި ވިއްކުމަށް ނާދެވޭނެ. ހައްލަކީ އުމަރުތޯ ޓެސްޓުކުރުމަށް ލިބުނު ހޯމްމިނިސްޓަރުކަން ދެ އަހަރު ދުވަހަށް. ދިވެހިރާއްޖޭގެ އެއްވެސް ހޯމް މިނިސްޓަރަކު ދިވެހިރާއްޖެ އަމާންކުރަން މަސައްކަތް ނުކުރާވަރަށް އަޅުގަނޑު ހުންނާނެ ދިވެހިރާއްޖެ އަމާންކުރަން މަސައްކަތްކޮށްފަ،" - އުމަރު ނަސީރު-

އުމަރު މީގެ ކުރިން ވިދާޅުވެފައިވަނީ 43 ގޭންގު ލީޑަރުންގެ ފައިގައި ޓެގުއެޅުވި އެއްވެސް މިނިސްޓަރެއް އެނާ ނޫނީ ނުހުންނާނެކަމަށެވެ. 

ހައްލަކީ އުމަރުކަން ސާބިތުކުރުމަށްޓަކައި ދިވެހިރާއްޖެ އަށް 18 ކުއްތާގެ ކުއްތާ ސްކޮޑެއް ގެނެސް ރާއްޖޭގެ މަސްތުވާތަކެތި ކޮންޓްރޯލް ކުރުމަށްޓަަކައި ހުންނާނީ މަސައްކަތްކޮށްފައި ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.

އުމަރު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާއިރު އޭނާގެ ކެންޑިޑޭޓް ނަމްބަރަކީ، އެކެކެވެ. އޭނާގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އަހުމަދު ސަލީމު (މާޒް ސަލީމް) އެވެ. 

20%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
60%
ވަރަށް ސަލާމް
ކޮމެންޓްސް