ads
މާޒިޔާ - ބަޝަންދުރާ ކިންގްސް މާލޭގައި ކުޅުނު މެޗުގެ ތެރެއިން
އޭއެފްސީ ކަޕް: މާޒިޔާގެ ފުރަތަމަ މެޗު މާލޭގައި، ބަޝަންދުރާއާ ދެކޮޅަށް
މި އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭން ވާދަކުރާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އެ ޓީމުގެ ފުރަތަމަ މެޗުގައި މާލޭގައި ބަންގްްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް ކުޅެން ޖެހިއްޖެއެވެ.

ބަޝަންދުރާ ކިންގްސްއަކީ، ކުރިން ނިއުރޭޑިއަންޓަށް ކޯޗުކޮށްދިން އޮސްކާ ބްރޫޒޯން ކޯޗު ކޮށްދޭ ޓީމެވެ. އޮސްކާ 2018 ވަނަ އަހަރު ރާއްޖޭގައި ނިއުއާއެކު މަސައްކަތް ކުރުމަށް ފަހު ބަންގްލަދޭޝްއަށް ބަދަލުވެ، އެ ގައުމުގެ ހުރިހާ މުބާރާތެއްހެން އަންނަނީ ކާމިޔާބު ކުރަމުންނެވެ. 

އޭއެފްސީ ކަޕުގައި މާޒިޔާއިން ކުޅެން ޖެހޭ ފުރަތަމަ މެޗު މި ފަހަރު އޮންނާނީ އަންނަ މަހުގެ 18 ވަނަ ދުވަހު ރަސްމީ ބޯޅަ ދަނޑުގައެވެ. މާޒިޔާގެ ދެވަނަ މެޗު، އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ކުޅޭނީ ކަލްކަތާގައި އިންޑިޔާގެ މޯހަން ބަގާންއާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗު، އިންޑިޔާގައި ކުޅޭނީ އޮޑިއްޝާ އެފްސީއާ ދެކޮޅަށެވެ. ހޯމް އެންޑް އަވޭ އުސޫލުން މެޗުތައް ކުޅޭއިރު، މާޒިޔާގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅޭނީ މާލޭގައި ޑިސެމްބަރު މަހު 11 ވަނަ ދުވަހު، މޯހަން ބަގާންއާ ދެކޮޅަށެވެ. 

ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗުން މާޒިޔާ އޭއެފްސީ ކަޕް މި އަހަރު ފަށާއިރު، އެ މެޗު ވެގެންދާނީ މާޒިޔާއިން ބަޝަންދުރާ ކިންގްސްއާ ދެކޮޅަށް ކުޅޭ ތިންވަނަ މެޗަށެވެ. މިދިޔަ އަހަރާ އޭގެ ކުރީ އަހަރުވެސް މާޒިޔާއިންވަނީ އޭއެފްސީ ކަޕުގައި ބަޝަންދުރާއާ ދެކޮޅަށް ކުޅެފައެވެ. މިދިޔަ އަހަރު ސެންޓްރަލައިޒްޑްކޮށް އިންޑިޔާގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުނު އިރު އޭގެ ކުރީ އަހަރު ކުޅުނީ މާލޭގައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް