ads
އަނާރާ އާއި ޑރ. މުއިއްޒު
ޑރ.އަނާރާގެ ތާއީދު ވެސް ޑރ.މުއިއްޒަށް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ.އަނާރާ ނައީމް ވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޑރ.މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވާ އެކަން އިއުލާނު ކުރައްވައިފިއެވެ.
Advertisement

އަނާރާ އެކަން ހާމަކުރައްވާ ޑރ.އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ޑރ.މުއިއްޒު ދެއްވާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމަށާއި، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހި ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ޑރ.މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

ޑރ.އަނާރާ ނައީމް އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ފަރާތެކެވެ. މީގެ އިތުރުން އަނާރާ އަކީ އަދާލަތު ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އިންތިހާބުވި ހަމައެކަނި މެމްބަރެވެ.

ޑރ.މުއިއްޒަށް ތާއީދުކުރައްވަން އަނާރާ ނިންމެވިއިރު، އަދި މިހާތަނަށް އަދާލަތު ޕާޓީއިން ވަކިވެވަޑައިގެންނެވި ކަމެއް ޔަގީނެއް ނުވެއެވެ. އަނާރާ ނިސްބަތްވެ ވަޑައިގަންނަވާ އަދާލަތު ޕާޓީ އަކީ، މިހާރު ވެރިކަންކުރަމުންދާ ސަރުކާރު ކޯލިޝަންގެ ބައިވެރިއެއްގެ އިތުރުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ރައީސް ސޯލިހު އެކުލަވާލި ކޯލިޝަންގެ މެމްބަރެއްވެސްމެެއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް