ads
ހުކުރު ހުތުބާގެ ތެރެއިން-- ފައިލް ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ވަސީލަތަކީ ނަމޫނާ: ހުކުރު ހުތުބާ
ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ގޮތަކީ ނަމޫނާކަމަށާއި ވިސްނާ ނުލާ އެއްވެސް ނަމޫނާއެއް ނަކަލު ނުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ނަސޭހަތްތެރިވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ހާއްސަ ކޮށްފައި ވަނީ ހެޔޮ ނަމޫނާގެ މުހިންމު ކަމުގެ މައްޗަށެވެ.

ހުތުބާގައި ބުނީ  ތިބާ އިހުތިޔާރު ކުރާ ނަމޫނާއިން ކަނޑައިޅިގެންދާނީ ހަމައެކަނި މިދުނިޔޭގެ އަމާޒުތައް ނޫން ކަމަށާއި އާހިރަތް ލިބުމާ ނުލިބުން ވެސް އޮތީ ތިބާ އިހުތިޔާރު ކުރާ ނަކަލު ކުރާ ނަމޫނާއެއްގެ މަތީގައި ކަމަށެވެ.

ލޮބުވެތި ރަސޫލާ އަކީ އަކީ ހުރިހާ ކަމެއްގައި އަހަރެމެންނައް ލިބިގެންވާ އެންމެ ހެޔޮ ނަމޫނާއެވެ.

"ހަމަކަށަވަރުން މާތް ﷲ ގެ ރަސުލާގެ ކިބައިގައި ތިޔަބައިމީހުންނައް ރިވެތި ވެގެންވާ ނަމޫނާއެއް ވޭ. އެއީ ﷲ ގެ ދަރުމަ އާއި އާހިރަތުގެ ސަވާބަށް އެދޭ އަދި ގިނަ ގިނައިން ﷲ ހަދުމަ ކުރާ މީހަކު ކަމުގައި ވާ މީހަކަށް،"

މުޖުތަމައުގެ ފަރުދުން ކިތަންމެ ރަނގަޅު ވިޔަސް އެމީހުން ވެސް ތަބާވާންޖެހޭ ދިރިހުރި ނަމޫނާތަކަކަށް ބޭނުންވާނެކަމަށާއި ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކުރެވިގެން ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ތިޔަބައި މީހުން ނުކުރާ ކަން ކަމުގެ ވާހަކަ ދައްކާ މީހުންގެ އަމަލުތައް މާތްﷲ ގަބޫލު ނުކުރައްވާނެ ކަމަށާއި އާހިރަތް ދުވަހުން ލިބޭ އަޒާބުގެ އިތުރުން މާތް ﷲ ގެ ނުރުއްސެވުން ވެސް އެފަދަ މީހުންނައް ލިބޭނެ ކަމަށް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް