ފޭސް 2 ގެ ރުއްގަނޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ކަމަށްވެސް އެޕާޓީން ވަނީ ހާމަ ކޮށްފައެވެ.
ނާޒިމް އާއި އޭނާގެ ރަނިންމޭޓް އަދީލް ވަނީ ފުވައްމުލަކު ސިޓީ އާއި އައްޑޫ ސިޓީ އަށް ވަޑައިގެންވެސް ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.
އެގޮތުން ނާޒިމްގެ ވެރިކަމެއްގައި އެ ސިޓީގެ ތަރައްގީއަށް ކުރަން ހުރި މަސައްކަތްތަކާއި، ގުޅޭ ގޮތުން ތަސައްވަރުތައް ހާމަ ކުރައްވާފައިވެއެވެ.
ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލުވެސް ބައްލަވާލައްވާފައިވެއެވެ. އެ ޕާޓީން ބުނީ އެޕާޓީީގެ ކެމްޕޭން ޓީމުތަކުންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން މަސައްކަތް ކުރައްވަމުން ކަމަށެވެ.
މީގެ އިތުރުން އެޕާޓީން މިރޭ ފޭސް ދޭއްގެ ތިންވަނަ ރުއްގަނޑު ސަރަހައްދުގައި ބާއްވާ ބޮޑު ޖަލްސާގައި މާލެ އާއި ގުޅުންހުރި ވަރަށް ގިނަ ކަންތައްކެއް ހާމަ ކުރައްވާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.