އެމްޓީސީސީން މިއަދު ބުނީ މިއަދުން ފެށިގެން އެ ކުންފުނިން ފޯރުކޮށްދޭ އާރުޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ R11 (އަމީނީ ރޫޓު) ގެ ދަތުރުތައް ކުރީގެ ހާލަތަށް އިޔާދަކުރެވިފައިވާ ކަމަށެވެ.
އަމީނީ މަގުގައި ގާއިމުކުރެވިފައިވާ ދަރުބާރުގެ، ކުޑަކުދިންގެ ބަގީޗާ، މާލޭ ހިޔާ އަދި ރެހެންދި ފްލެޓުގެ ބަސް ހުއްޓިތަކަށް މިހާރު ހިދުމަތް ފެށިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
އަމީނީ ރޫޓުގެ ބަސް ދަތުރުތައް އަލުން ފެށުމާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.