ads
ޑރ. ޝަހީމް
މުސްކުޅިވުމުގެ ކުރިން ފުރުސަތު ދެއްވާ: ޑރ.ޝަހީމް
މުސްކުޅިވުމުގެ ކުރިން ވެރިކަމަށް އައުމުގެ ފުރުސަތު، ޕީއެންސީގެ ކެނޑޭޓު ޑ.ރ މުހައްމަދު މުއިއްޒު އަށް ދެއްވަން ޖެހޭ ކަމަށް ޑރ މުހައްމަދު .ޝަހީމް އަލީ ސައީދު ޕާޓީގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.

ޝަހީމް ސިޔާސީ ހަރަކާތްތަކާއި ދުރުގައި އުޅުއްވުމަށްފަހު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދުކުރައްވަން ނިންމަވާފައިވާ އެ ބޭފުޅާ ވަނީ ކެމްޕެއިން ދަތުރުފުޅު ފައްޓަވާފައެވެ.

އެގޮތުން ފުވައްމުލައް ސިޓީ އަށް ވަޑައިގެން ސަޕޯޓަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގައި ޝަހީމް ވިދާޅުވީ ރިޔާސީ ކެމްޕެއިން ނިމެންދެން މުއިއްޒު ވަޑައިގެންނަވާ ކޮންމެ ރަށަކަށް އެމަނިކުފާނާއި އެކު ކެމްޕެއިނަށް ވަޑައިގެންނަވާނެ ކަމަށެވެ.

ޝަހީމް އޭނާ އާއި މުއިއްޒު އާއި ހުރި ގުޅުން ސިފަކުރައްވަމުން ވިދާޅުވީ އެ ދެ ބޭފުޅުންނަކީ އުދުހެމުންދާ ދެ ދޫނި ކަމަށެވެ. އެގޮތުން މީގެ ކުރިން ދެ ބޭފުޅުން އެއްކޮށް ކެބިނެޓްގައި މަސައްކަތް ކުރައްވާފައިވާ ކަމަށާއި، މިހާރުވެސް މި އަންނަނީ އެކުގައި މަސައްކަތް ކުރައްވަމުން ކަމަށެވެ.

"އެހާ މުރާލި އިލްމީ ބޭފުޅެއް ކެބިނެޓެއްގައެއް ނުހުންނާނެ. އިލްމަށް އިހުތިރާމް ކުރުމުގެ ގޮތުން އެބަޖެހޭ ޑރ. މުއިއްޒުގެ އަތްޕުޅުގަ ހިތްޕަވަން." - ޝަހީމް -

ޝަހީމް ވިދާޅުވީ މިއީ ދިވެހި ރާއްޖޭގެ ގައުމީ ސިޔާސަތު އަލުން އިޔާދަ ކުރުމަށް ލިބޭނެ އެންމެ ފަހުފުރުސަތު ކަމަށާއި، އެހެންކަމުން އެންމެން އެކަތިގަޑަކަށްވެށްވެ މުއިއްޒުއަށް ވޯޓް ދެއްވަން ޖެހޭ ކަމަށެވެ.

ޑ.ޝަހީމް އަކީ 2018 ވަނައަހަރު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް، އެމަނިކުފާނުގެ ރަނިންގްމޭޓަކަށް ހަމަޖެއްސެވި ބޭފުޅާއެވެ. އަދާލާތު ޕާޓީގެ ސްލޮޓެއްގައި 2013 ވަނައަހަރު އުފެދުނު ޕީޕީއެމް ކޯލިޝަން ސަރުކާރުގެ އިސްލާމިކް މިނިސްޓަރުގެ މަގާމްގައި ހުންނެވުމަށް ފަހު، މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވާ، ސިޔާސީ ހަރަކާތްތަކާއި ދުރުގަ ދުވަސްކޮޅެއް ހުންނެވުމަށްފަހު، އަދާލަތު ޕާޓީ ދޫކުރައްވާ ޕީޕީއެމް އާއި ގުޅިވަޑައިގެންނެވިއެވެ.

27%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
27%
ސަތޭކައަކުން ސުމެއް
47%
ވަރަށް ސަލާމް
ކޮމެންޓްސް