ads
ޖާހުގެ ދަ ގާޑެންސް: ޖެނުއަރީއަށް ނިންމަން އަންނަނީ މަސައްކަތް ކުރަނީ - ފޮޓޯ:ދަ ގާޑެންސް
ޖެނުއަރީއަށް ދަ ގާޑަންސް ނިންމަން މަސައްކަތް ކުރަނީ
ޖާހް ކޮންސްޓްރަކްޝަންސްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ "ދަ ގާޑަންސް" ގެ މަސައްކަތް އަންނަ އަހަރުގެ ޖެނުއަރީ މަހަށް ނިންމާލުމަށް އަމާޒު ހިފާފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

އާބަންކޯއިން މިއަދު ބުނީ ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްގީ ކުރަމުންދާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެކަމުގެ ސަބަބުން ފްލެޓުތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އެ ކޯޕަރޭޝަނުން މިހާރު ދަނީ ޖާހް އާއެކު މަޝްވަރާ ކުރަމުން ކަމަށެވެ.

ދަ ގާޑަންސްގެ ނުނިމި ހުރި މަސައްކަތްތައް އިތުރަށް ދެނެގަނެ، މަސައްކަތްތައް ނިންމުމަށް ލަފާ ހޯދުމަށް އިންޑިޕެންޑެންޓް ކޮންސަލްޓަންޓެއް ހޯދުމަށް ނިންމައި މިހާރު އެ މަސައްކަތް ކުރެވެމުން އަންނަ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނެފައިވަނީ ކޮންސަލްޓަންޓެއް ހަމަޖެއްސުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި ދަ ގާޑަންސްއިން އެޕާޓްމަންޓްތައް ގަނެފައިވާ ކަސްޓަމަރުންނަށް ގެއްލުން ކުޑަކޮށް ޕްރޮޖެކްޓް ނިންމުން ކަމަށެވެ. އެގޮތުން އިންޑިޕެންޑެންޓް ކޮންސަލްޓަންޓްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕްރޮޖެކްޓްގެ ނުނިމި ހުރި މަސައްކަތް އަގުކޮށް، އެ މަސައްކަތް ކުރާނެ ގޮތެއް ކަނޑައެޅުން ހިމެނޭ ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ މި ހޯދުންތަކަށް ބިނާކޮށް ކޮންސަލްޓަންޓް ދެއްވާ ލަފާގެ މަތިން އާ ކޮންޓްރަކްޓަރަކާ މަސައްކަތް ހަވާލު ކުރެވޭނެ ކަމުގައެވެ. މި މަސައްކަތް ކުރަމުންދާއިރު، ދަ ގާޑަންސްގެ ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމުގެ މަސައްކަތް ކުރެވޭނެ ކަމަށާއި ބަދަލުދިނުމުގެ ޒިންމާ ނަގާނީ ޖާހް އިންވެސްޓްމަންޓުން ކަމަށް އާބަންކޯއިން ބުނެއެވެ.

އާބަންކޯއިން ބުނީ އެ ކޯޕަރޭޝަނުގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފްލެޓުތައް ގަނެފައިވާ ފަރާތްތަކާ ދެމެދު ވެފައިވާ މުއާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން، އަންނަ ޖެނުއަރީ މަހަށް ދަ ގާޑަންސްގެ މަސައްކަތް ނިންމާލުން ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް