ads
އެމެރިކާގެ މެރީލަންޑްގެ ސެނެޓާ ކްރިސް ވެންހޮލަން
ރިޔާސީ އިންތިޙާބުގައި ރާއްޖޭގެ ވެރިއަކަށް މީހަކު ނިންމާނީ ދިވެހިން: އެމެރިކާ
ކުރިއަށް އޮތް ރިޔާސީ އިންތިޙާބުގައި ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ވިނަމަވެސް އެމެރިކާ އޮތީ އެ ބޭފުޅަކާއެކުގައި ގާތުން މަސައްކަތް ކުރައްވަން ކަމަށް އެމެރިކާގެ މެރީލަންޑްގެ ސެނެޓާ ކްރިސް ވެންހޮލަން މިއަދު ވިދާޅުވެއްޖެ އެވެ.

ވެންހޮލަން ވިދާޅުވީ ވެރިކަމަށް ގެންނަން ބޭނުންވާ ފަރާތެއް ނިންމާނީ ދިވެހިންގެ އަމިއްލަ ނިންމުމުން ކަމަށާއި، ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ވިޔަސް އެމެރިކާއިން އެ ކެންޑިޑޭޓަކާ އެކު ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ވެންހޮލަން ވިދާޅުވީ އެމެރިކާގައި މިވަގުތު ރާއްޖޭގެ ވެރިކަންކުރާ ޑިމޮކްރެޓިކް ޕާޓީގެ އިތުރުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ތާއީދާ އެކު، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ހުޅުވުމަކީ ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރި ގުޅުން ވަރުގަދަކުރަން ދޭ އިސްކަމުގެ ހެއްކެއް ކަމަށެވެ.  

އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާއިން ގަބޫލުކުރަނީ އަދި ބޭނުންވަނީ ކޮންމެ ގައުމެއްގައި ވެސް މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށެވެ. އެމެރިކާއިން މަސައްކަތް ކުރާނީ އެގޮތުގެ މަތިން، ރާއްޖޭގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވާ ކަމުގެ ޔަގީންކަން ސެނެޓަރު ދެއްވި އެވެ.

ރާއްޖޭގައި އިންޑިޔާ ސިފައިން ތިބޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެން ވެންހޮލަން އިތުރަށް ވިދާޅުވީ ރާއްޖެއިން އެހެން ގައުމަކާ އެކު ގެންގުޅޭ ހާރިޖީ ސިޔާސަތަކީ ރާއްޖޭގެ އަމިއްލަ ކަމެއް ކަމަށާއި އެކަމުގެ ތެރެއަށް އެމެރިކާ އިން ނުވަންނާނެ ކަމަށެވެ.

"ވެރިކަމަށް ގެންނަން ބޭނުންވާ ފަރާތެއް ނިންމާނީ ދިވެހިން. ކޮންމެ ކެންޑިޑޭޓަކު އިންތިހާބު ވިޔަސް އެމެރިކާއިން އެ ކެންޑިޑޭޓަކާ އެކު ގާތުން މަސައްކަތް ކުރާނެ،" ކްރިސް ޔަގީންކަން ދެއްވި އެވެ.

ދިވެހި ދަރިވަރުންނަށް އެމެރިކާގެ ޔުނިވާސިޓީތަކުން އިތުރު ފުރުސަތުތައް ހޯދައި ދިނުމަކީ ވެސް ފުޅާކުރަން ބޭނުންވާ އަނެއް ދާއިރާ ކަމަށް ވެސް ވިދާޅުވި އެވެ.

ސެނެޓަރު ވެންހަލަން ރާއްޖެއަށް މީގެކުރިން ޒިޔާރަތްކުރެއްވީ މީގެ 50 ވަރަކަށް އަހަރު ކުރިންނެވެ. އޭނާ އޭރު ރާއްޖެއަށް ވަޑައިގެންނެވީ ބައްޕާފުޅު ކްރިސް ވެންހަލަން ސީނިއާ ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރަން ކުރެއްވި ދަތުރުގައި އެވެ.

ވެންހަލަން ރާއްޖެއަށް ކުރެއްވި ދަތުރުގައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާ ވަނީ ބައްދަލުކުރައްވައިފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް