އެމެރިކާ އެންބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެއްވެސް ޕާޓީއަކަށް ތާއީދުކޮށް، ނުފޫޒެއް ފޯރުވަން އެމެރިކާއިން މަސައްކަތެއް ނުކުރާނެކަމަށެވެ. އަދި ޑިމޮކްރަސީގެ އިޖުރާއަތްތަކުގެ ތެރެއިން ވެރިއަކު އިންތިހާބު ކުރުމަކީ ރައްޔިތުންނަށް ލިބިފައިވާ ހައްގެއްކަމަށެވެ.
އެގައުމުން ބޭނުންވަނީ ދިވެހިރާއްޖެއާއި ދުނިޔޭގެ ކަންކޮޅުތަކުގައި އަމާންކަން ގާއިމްކޮށް، ހައްގުތައް ކަށަވަރުކޮށް، އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ދާހިލީ އަދި ހާރިޖީ ސިޔާސަތައްވެސް ނުފޫޒުފޯރުވަން ބޭނުންނުވާކަމަށްވެސް ކްރިސް މިއަދު ވިދާޅުވިއެވެ.