ads
އެމްއެންޕީގެ ބައްދަލުވުމެއްގެ ތެރެއިން
ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭކަމުގެ ޝަކުވާ އީސީ އަށް
ވޯޓުގެ ސިއްރުކަން ގެއްލުވާލަން އުޅޭ ކަމަށްބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީން ) ޝަކުވާއެއް އިލެކްޝަން ކޮމިޝަން އީސީ އަށް ހުށައަޅައިފިއެެވެ.

އިލެކްޝަން ކޮމިޝަނަށް، އެމްއެންޕީން ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ވަކި ކުލައެއްގެ މާކަރަކުން ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ބައެއް ކުންފުނިތަކަށް އަންގަމުންއަންނަކަމަށެވެ. މުއައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާތައް ވެސް ލިބެމުން އަންނަކަމަށެވެ.

މި ކަމާއި ގުޅިގެން އެފަދަ ކުންފުނިތަކުގެ މުވައްޒަފުން ދަނީީ ޝަކުވާ ކުރަމުން ކަމަށާއި، މިއީ އެފަދަ ކުންފުނިތަކުގެ އިސްވެރިން އިސްކޮށް ތިބެ ކުރާ ކަމެއް ކަމަށެވެ.

އެމްއެންޕީން ފޮނިވި ސިޓީގައި ބުނެފަ ވަނީ މިފަދަ ކަންކަމުގެ ސަބަބުން ވޯޓުގެ ސިއްރުކަން ގެއްލިދާނެކަމަށެވެ. އަދި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވޭނެ ކަން ކަށަވަރުކުރުމަށްޓަކައި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދޭންވެސް ޖެހޭ ކަމަށްވެސް ބުނެފަވެއެވެ.

އިއްޔެ އެޕާޓީން އިލެކްޝަނަށް ސިޓީ އެއް ފޮނުވާފައިވާއިރު، ރިޔާސީ އިންތިހާބަށް ބާކީ އޮތީ 10 ވަރަކަށް ދުވަހެވެ. މީގެ ކުރީގެ އިންތިހާބުތަކުގައިވެސް މިފަދަ ޝަކުވާތައް ތަކުރާރުވެފައި އެބަހުއްޓެވެ.

އިންތިހާބާއި ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށް އަދި މުއައްޒަފުން ބޭނުން ކުރާ ކަމަށްބުނެ ޓްރާންސްޕޭރަންސީ މޯލްޑިވްސް އިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.

އެގޮތުން ޓްރާންސްޕޭރެންސީގެ ބަޔާނުގައި ފާހަގަ ކޮށްފައިވަނީ ސަރުކާރުގެ ހަރަދުގައި ބާއްވާ ޖަލްސާތައް އިފްތިތާހުކޮށް ނިންމުމުގެ ރަސްމިއްޔާތާއި ގުޅިފައިވާ އިންތިހާބީ ނުރައްކާތައް އެބަހުރި ކަމަށެވެ. 

ޕްރޮޖެކްޓްތަކާއި، އެ މަޝްރޫއުތައް މިހާރު ތިބި ޕާޓީތަކުގެ ކެމްޕެއިން ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުން މިއީ އުފެދިފައިވާ ކަންބޮޑުވުންތަކެއް ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް