ads
ސްރީލަންކަން އެއާލައިންގެ ފްލައިޓެއް
ސްރީލަންކަން އެއާލައިނުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލައިފި
ސްރީލަންކަން އެއާލައިން އިން ރާއްޖެއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ އިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެ ގައުމުގެ މައި އެއާޕޯޓް ބަންދުކޮށްފައިވާތީ، އެ ގައުމުގެ މައި އެއާލައިން، ސްރީލަންކަން އެއާލައިން އިން ރާއްޖެއަށް ކުރަމުން އަންނަ ދަތުރުތައް މިއަދުން ފެށިގެން 25 މާޗްގެ ނިޔަލަށް މެދުކަނޑާލައިފި އެވެ.

ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަން އިން ވަނީ މި ދުވަސްތަކުގައި އެ އެއާލައިން މެދުވެރިކޮށް ދަތުރުކުރަން ބުކް ކޮށްފައިވާ ފަރާތްތަކުން، އެ އޮފީހަށް ގުޅުއްވާ މައުލޫމާތު ސާފުކުރުމަށް އިލްތިމާސްކޮށްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ސްރީލަންކާ އިން ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު، އެ ގައުމަކީ ރާއްޖޭގެ ގިނަ ބައެއް ދިރިއުޅޭ އަދި ދަތުރުކުރާ ގައުމެކެވެ. އެ ގައުމުން ރާއްޖެ އަންނަ ފަރާތްތަކުން 14 ދުވަހަށް އެކަހެރި ކުރުމަށް ވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ނިންމާފަ އެވެ.

ލަންކާ އިން މިހާތަނަށް 29 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް