ads
މާރިޔާ ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަފުޅު ދައްކަވަނީ...
ތަންދޮރު ދަންނަ ހަމައެކަނި ވެރިޔަކީ ރައީސް ސޯލިހު: މާރިޔާ
ތަންދޮރު ދަނެގެން ރައްޔިތުން ކައިރިއަށްދާ ހަމައެކަނި ވެރިޔަކީ ރައީސް ސޯލިހު ކަމަށް ރައީސްގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަހުމަދުދީދީ ވިދާޅުވެއްޖެއެވެ.

"ވެރިކަން ކުރުމަށް އެންމެ ތަސައްރަފް ފުދޭނެ މީހަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުވާ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ވެރިކަން ކުރާނެ މީހުން،" -މާރިޔާ-

ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަަވަމުން މާރިޔާ ވިދާޅުވީ ދަންދޮރު ދަތުމަކީ ބޮޑު ޑިގްރީއެއް އޮވެގެންވާ ކަމެއްނޫން ކަމަށާއި، ޑޮކްޓަރު ކަމުގެ ލަގަބު އޮވެގެން ވެސް ވާ ކަމެއްވެސް ނޫންކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވަން ވާނީ ރަނގަޅު ކެންޑިޑޭޓަކު އިހްތިޔާރު ކުރުމަށް ފަހު ކަމަށް ފާހަގަ ކުރައްވަމުން މާރިޔާ ވިދާޅުވީ ވެރިއަކަށް އިންތިހާބު ކުރަން ވާނީ ރައްޔިތުންނާއި ގާތުން ހިދުމަތް ކުރެވޭނެ ހިތް ހެޔޮ އޯގާތެރި ބޭފުޅެއް ކަމަށާއި، އެމީހަކީ ރައީސް ސޯލިހު ކަމަށެވެ. 

"ވެރިކަން ކުރުމަށް އެންމެ ތަސައްރަފް ފުދޭނެ މީހަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ ބޭނުންތައް އޮޅުންފިލުވާ ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ ވެރިކަން ކުރާނެ މީހުން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ މިވަގުތު އިދިކޮޅުން ނުކުމެ ހުންނެވި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު، ހައުސިން މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވިއިރު ފެންނަން އޮތް ރިކޯޑްތަކަކީ ވިސްނަން ޖެހޭ ކަންތައްތަކެއް ކަމަށެވެ. 

ވެރިކަމަށް އަންނަ މީހުން ކޮށްފައިވާ ކަންތައްތައް ބަލަން ޖެހޭ ކަމަށާއި އަދި އެމީހުންނަށް ވާނުވާވެސް އެނގެނީ ކިހާ މިންވަރަކަށްތޯ ވެސް ބަލަން ޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން ވެރިކަމަށް ގެންނަންޖެހޭނީ ވަރަށް ބޮޑަށް ތަންދޮރު ދަންނަ ވެރިން ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް