ads
އެޑިއުކޭޝަން މިނިސްޓަރު ތައުލީމީ ދާއިރާގެ ބައެއް މުވައްޒަފުންނައެކު---
ޓީޗަރުންގެ ރިޓަޔާމެންޓް އުސޫލާ ދެކޮޅަށް އަނެއްކާ ވެސް ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފި
ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުން ރިޓަޔާވުމުގެ އުސޫލަށް ގެނައި ބަދަލާ މެދު ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަނެއްކާ ވެސް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ޕެޓިޝަން ހުށަހެޅި މީހުންގެ މައިގަނޑު ކަންބޮޑުވުމަކީ އޮނިގަނޑުގައި 55 އަހަރުން މަތީގެ އުމުރުގެ މީހުން ހިމެނުމުގެ އިތުރުން މަހު އިނާޔަތް ލިބޭ ގޮތަށް ރިޓަޔާވުމަށް ހަ މަސް ދުވަހުގެ ފުރުސަތު ފަހިކޮށްދީފައިވާއިރު ރިޓަޔާ ކުރަން ޖެހެނީ މިހާރު ލިބެމުންދާ މުސާރައިގެ ބަދަލުގައި ކުރިން ހުރި މަގާމުގައި ލިބުނު މުސާރައިން ކަމަށް ވުމެވެ.

އޮނިގަނޑު ތަންފީޒުކުރި އިރު ބައެއް މުވައްޒަފުންނަކީ 40 އަހަރު ނުވަތަ އެއަށް ވުރެ ދިގު މުއްދަތެއްގައި ވަޒީފާ އަދާކޮށްފައި ތިބި ބަޔަކަށް ވީ ނަމަވެސް އިނާޔަތް ދޭން ވުމުން އެ މުވައްޒަފުންގެ ހިދުމަތް 30 އަހަރަށް ބަދަލުވާގޮތަށް މި އޮނިގަނޑުގައި ހިމަނައިފައި އޮތުމަކީ ވެސް ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ. 

ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި އާލީ ރިޓަޔަމެންޓްގައި މީހަކު ވަޒީފާއިން ވަކިވި ނަމަވެސް މަހުން މަހަށް ކުރިން ލިބެމުން އައި އެލަވަންސް ދެން ނުލިބޭނެތީ ތައުލީމީ ނިޒާމުގައި މިހާރު ހިދުމަތް ކުރަމުންގެންދާ އެއްވެސް ޓީޗަރަކަށް ވެސް ކުރިޔެކޭ އެއްގޮތަށް މަހުން މަހަށް ލިބޭގޮތަށް އޮތް ޕެޓިޝަން ނުލިބޭނެ އެވެ.

މި އޮނިގަނޑުގައި ސިވިލް ސާވިސްގެ ވަކި ބަޔަކު ހިމަނައި އެ ބަޔަކަށް އެކަނި އޮނިގަނޑު ތަންފީޒު ކުރަން ފެށުމަކީ ބޭއިންސާފެއް ކަމުގައި ފާހަގަކޮށް ޓީޗަރުންނަށް ކުރިން ލިބެމުން އައި ޕެންޝަން އެލަވަންސް އަނބުރާ އިއާދަ ކުރުމަށް ވަނީ އެދިފައެވެ. 

ރައީސް ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުވި ނަމަވެސް ޕެންޝަން ފައިސާ އާއި އެހެނިހެން ކަންކަން ވައުދާ އެއް ގޮތަށް ހިނގަމުން ނުދާ ކަމުގެ ކަންބޮޑުވުން ވެސް ޕެޓިޝަނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މި ކަންބޮޑުވުން ފާޅުކޮށް މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެސް ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު އެ ޕެޓިޝަނުގައި ސޮއިކޮށްފައިވަނީ މާލޭގެ ސަރަހައްދުގެ ސުކޫލުތަކުގެ 500 އެއްހާ ޓީޗަރުންނެވެ. މިފަހަރު ގެ ޕެޓިޝަނުގައި މާލެއާއި އަތޮޅުތެރެ ހިމެނޭޙެން 865 ޓީޗަރުން ސޮއިކޮށްފައިވެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް