ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ މާލޭން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މިއީ، އިތުރު ބަޔަކާ ބައިވެރިވެގެން މާލޭ ގެއެއްގައި ފިރިހެނަކު ހުއްދަނޫން ގޮތުގައި ހިފަހައްޓައި އަނިޔާކޮށް އަދި އޭނާގެ ބޭންކް އެކައުންޓުން ފައިސާ ޓްރާންސްފާކުރި މައްސަލައެއް ކަމަށްވަނީ މައުލޫމާތު ލިބިފައިއެވެ. މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ކުރީކޮޅުގައި ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލައާ ގުޅިގެން ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. ސްޓެޕް އައްޔަ ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހު މާލޭން، ހެންވޭރުކޮޅުން ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
ސްޓެޕް އައްޔަ ހޯދަން ފުލުހުން މީގެ ދެ ހަފްތާހާ ދުވަސް ކުރިން އިއުލާނުވެސް ކުރި އެވެ. ފުލުހުން އޭރު ބުނީ އޭނާ ހޯދަމުން އަންނަނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓުން ބަލަމުން އަންނަ ފޯޖަރީގެ މައްސަލައަކާ ގުޅިގެން ކަމަށެވެ.