ads
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް: ވިދާޅުވީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށް - ފޮޓޯ:އެމްޓީސީސީ
މާލެ-ހުޅުމާލެ ބަހުގެ ހިދުމަތް މިރެއިން ފެށިގެން 24 ގަޑިއިރަށް ބަދަލު ކުރަނީ
މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން އަންނަ އާރުޓީއެލް ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މިރެއިން ފެށިގެން ކޮންމެ ރެއަކު ވެސް 12:30 ގެ ފަހުން މާލެ އާއި ހުޅުމާލެ އާ ދެމެދު ބަހުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން އަންނަ ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމަށް އެ ކުންފުނިން ނިންމާފައިވަނީ އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން ދަންވަރު ޑިއުޓީ ކުރާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގަައި ބަހުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލު ކުރުމުން ކޮންމެ ފަހަރަކު ބޮޑު އަގުދީގެން ޓެކްސީގައި ދަތުރުކުރާ ފަރާތްތަކަށް ލުއިފަސޭހަވާނެ ކަމުގައެވެ.

ކޮންމެ ރެއަކު ދަންވަރު 12:30 އިން ފެށިގެން ފަތިހު 5:30 އަށް ގަޑިއިރަކު އެއްފަހަރު ބަސް ދަތުރުތައް ބާއްވަމުން ދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވެފައިވަނީ މިވަގުތަށް އެގޮތަށް ނިންމި ނަމަވެސް ކުރިއަށް އޮތްތަނުގައި ހިދުމަތް ހޯދާ ފަރާތްތަކުން އެދޭގޮތަށް ބަހުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެންނާނެ ކަމަށެވެ.

އެމްޓީސީސީން މާލެ އާއި ހުޅުމާލެ ފުރަތަމަ ފިޔަވައްސާ ދެމެދު ބަހުގެ ހިދުމަތް ދެމުން އަންނަނީ ކޮޅަކަށް 10 ރުފިޔާގެ ރޭޓުންނެވެ. އުތުރު ހުޅުމާލެ (ދެވަނަ ފިޔަވަހި) އަށް ދަތުރުކުރަނީ ކޮޅަކަށް 15 ރުފިޔާއަށެވެ. މިހާތަނަށް އެ ކުންފުނިން ބަހުގެ ހިދުމަތް ދެމުން އައީ ފަތިހު 5:30 އިން ފެށިގެން ދަންވަރު 12:30 އަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް