ads
މާރިޔާ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ފޮޓޯ: ރިލްވާން މޫސާ
ޕީއެންސީ ނޫން އެހެން ޕާޓީތަކާ ވާހަކަދައްކަމުން މިދަނީ: އެމްޑީޕީ
ޕީއެންސީ ނޫން އެހެން ހުރިހާ ޕާޓީތަކާއި މަޝްވަރާތައް ކުރަމުން އަންނަ ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ސްޕޯކްސްޕާސަން މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ނޫސްވެރިންނާއި، ބައްދަލުކުރައްވައި މާރިޔާ މިއަދުވެސް ވަނީ އެމްޑީޕީ އަށް ވަރަށް ގިނަ ސަޕޯޓާއި ތާއީދު މުޅި ރާއްޖޭގައިވެސް އިތުރުވަމުން އަންނަ ކަން ފާހަގަ ކުރައްވާފަ އެވެ. 

އެމްޑީޕީ މިފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި މިވަގުތު ކޯލިޝަނުގައި އޮތީ އަދާލަތު ޕާޓީ އާއި، މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް އެމްޑީއޭ އެވެ. 

މާރިޔާ ވިދާޅުވީ ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ ހުރިހައި ސިޔާސީ ޕާޓީތަކުގެ ތެރެއިންވެސް ޕީއެންސީ ނޫން އެހެން ހުރިހައި ޕާޓީތަކާއެކު އެމްޑީޕީ އާއެކު ކޯލިޝަން ހެދުމަށް އެކި ލެވަލްތަކުގައި މަޝްވަރާކުރެވި މިވަގުތު ވާހަކަތައް ކުރިއަށް ގެންދަވަުން އަންނަ ކަމަށެވެ. 

"ރައީސް ސޯލިހު އެ ވިދާޅުވަނީ މިހާރުވެސް މިދަނީ ފުރަތަމަ ބުރުގައި އެހެން ޕާޓީތަކާއެކުވެސް ވާހަ ދައްކަވަމުންނޭ. އެހެންވީމަ ދެކެވެމުންދާ ވާހަކައެއް އަދިވެސް މީ. ރައީސް ވިދާޅުވަނީ ޕީއެންސީ ނޫން އެހެން ހުރިހާ ޕާޓީތަކާ އެބަ ވާހަކަ ދައްކަމޭ އެކި ލެވަލްތަކުގަ." މާރިޔާ ވިދާޅުވި އެވެ.

އެމްޑީޕީން ކޮންމެ ދުވަހަކު ބާއްވަމުން އަންނަ ސިލްސިލާ ޕްރެސްކޮންފަރެންސް ތަކުގައިވެސް އިދިކޮޅު ކޯލިޝަނުގައި ހިމެނިވަޑައިގަންނަވާ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގެންދެ އެވެ. 

މި ސަރުކާރުގެ ޑިެންސް މިނިސްޓަރުކަންވެސް ކުރައްވަމުން ގެންދަވާ މާރިޔާ މިއަދު ވިދާޅުވީ މުއިއްޒަކީ ކޮލެޓީ ބޭފުޅެއް ނޫން ކަމަށާއި، ޕީއެންސީ އަކީވެސް ކުޑަ ޕާޓީއެއް ކަމަށެވެ. 

މާރިޔާ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް ދައްކަވަމުން ގެންދަނީ އެބޭފުޅާ އަކީ ޕީޕީއެމްގެ ކެންޑިޑޭޓް ކަމަށެވެ. އަދި ޕީޕީއެމްގެ ނަމާއި ފޮޓޯ އަބަދުވެސް ބޭނުންކުރާ ވާހަކަ ކަމަށާއި، މުއިއްޒު އުޅުއްވަނީ ޕީޕީއެމްގެ އަތްދަށުލައި އެޕާޓީގެ ލީޑަރު ރައީސް ޔާމީނުގެ ނަން ފުހެލުމަށް ކަމަށެވެ. އަދި އެއީ ވަރަށް ދުރާލާ ރޭވުމަކުން ކުރައްވާ ކަމެއް ކަމަށް ތުހުމަތު ކުރެއްވި އެވެ. 

"މުއިއްޒު އެއުޅެނީ ރައީސް ޔާމީނުގެ ސިޔާސީ ހަޔާތް ފަނޑުކޮށްލައި ނެތ ކޮށްލަން. ދެން އެމީހުން ދެއްކެމުން އެދަނީ އެމީހުންނަކީ ޕީޕީއެމްގެ ބައެކޭ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިއަދު ވަނީ އެޕާޓީ އާއެކު ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅިވަޑައިގަންނަ ޕާޓީ ތަކަށް ހުރި ސޮލޮޓް ތައް ނުވަތަ ހުރި ފުރުސަތު ތަކާއި ބެހޭގޮތުން ނޫސްވެރިއަކުކުރި ސުވާލަކަށް ޖަވާބު ދެއްވާފަ އެވެ. ވިދާޅުވީ އެއްބަސްވެ އެކުގައި މަސައްކަތް ކުރައްވާ ޕާޓީތަކާއެކު އެއްބަސްވެފައިވާ ގޮތް ޕާޓީތަކުން ހާމަ ކުރައްވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް