އެމީހާއާއި އޭނާއެކު އައިސް ތިބި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ ވީޑިއޯއެއް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ދައިރުވަމުންނެވެ.
މި މައްސަލަ ފުލުސް އޮފީހަށް ހުށަހަޅާފައިވާކަން އިއުލާނު ކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ރާއްޖެއައިސް ހުރީ، "އުނިމާ ގްރޭންޑް" ގައެވެ. މި މައްސަލަ ފެންމަތިވުމާއެކު އެ ހޮޓަލުން ވަނީ އެ ދެމީހުން ހޮޓަލުން ޗެކްއައުޓް ކޮށްފައެވެ.
އެމީހުންގެ ފޭސްބުކް ޕޭޖު މެދިވެރިކޮށް ހިންގާފައިވާ އިޝްތިހާރަކީ އެ ހޮޓަލާ ގުޅުންހުރި އިޝްތިހާރެއް ނޫންކަމަށް ވެސް އެ ހޮޓަލުން މިއަދު ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;