ads
އިބްރާހީމް ނަޒީމް
އެޗްޑީސީގެ އެމްޑީގެ މަގާމަށް އަލީ ޒުހައިރު
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަލީ ޒުހައިރު އައްޔަންކުރުމަށް ޕީސީބީން މިއަދު ނިންމައިފި އެވެ.
Advertisement

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މައުރޫފު ޖަމީލު އިސްތިއުފާ ދެއްވުމުންނެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ބުނީ އާރްޑީސީގެ އެމްޑީގެ މަގާމުން ބްރިގޭޑިއާ ޖެނެރަލް (ރޓ) އަލީ ޒުހައިރު ވަކިކޮށް އެ މަގާމަށް މއ. އެލީޒިއަމް، އިބްރާހީމް ނަޒީމް އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެޗްޑީސީގެ އެމްޑީގެ މަގާމަށް ޒުހައިރު އައްޔަންކޮށްފައިވާ ކަމަށް ޕީސީބީ އިން ވަނީ ބުނެފަ އެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވި ޒުހެއިރު ވަނީ ސިފައިންގެއަށް 30 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފަ އެވެ. ކޯސްޓްގާޑްގެ ކޮމާންޑަރުގެ އިތުރުން ސިފައިން ވެލްފައާ ކޮމްޕެނީ (ސިވެކް)ގެ ޗެއާމަނެވެ.

މައުރޫފް އެޗްޑީސީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވި އިރު، އޭނަ ރިޓަޔާކުރައްވަން އުޅުއްވާކަން ދާދި ފަހުން ކުންފުނީގެ މުވައްޒަފުންނާ ހިއްސާކުރައްވާފައިވެ އެވެ.

ކުރިން ވެސް އެޗްޑީސީގެ އިސް މަގާމުތަކެއް ފުރުއްވި މައުރޫފަކީ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް