ads
ކްރިމިނަލް ކޯޓު ސަރަހައްދުގައި ފުލުހުން ކުރީ ދުވަހެއްގައި
މަގުމަތިން އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ޖަލަށް
މަގުމަތިން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ބިދޭސީ އަންހެނެއްގެ އުރަމަތީގައި ހިފައިގެން ޖަލަށްލާން ހުކުމް ކުރީ، 31 އަހަރުގެ ދިވެހި ފިރިހެނެއްގެ މައްޗަށެވެ. 

މިއީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި މާލޭގައި ހިނގި ހާދިސާއެކެވެ. މިހާދިސާގައި މިއަދު ހުކުމް ކުރި މީހާވަނީ، ބުރުޒު މަގު ޓީވީއެމް ކައިރިން ދިޔަ ބިދޭސީ އަންހެނެއްގެ އުރަމަތީގައި ހިފާފައެވެ. އެ މައްސަލައިގައި މައްޗަށް ދައުލަތުން އުފުލާފައިވަނީ އަނިޔާއެއް ދިނުމުގެ ދައުވާއެވެ. 

މައްސަލައިގެ ޝަރީއަތުގައި އެ މީހާވަނީ ކުށަށް އިއުތިރާފުވެފައެވެ. މި މައްސަލައިގެ ޝަރީއަތުގައި އެ ފިރިހެން މީހާގެ އަމަލުތަކާ ބަސްމަގު ހުރި ގޮތުން އެ މީހާގެ ސައިކޮލިޖިކަލް އެސެސްމެންޓެއް ހަދާފައެވެ. އަދި އެ އެސެސްމެންޓްގެ އަލީގައި އެ މީހާއަކީ، އިންޓެލެކްޗުއަލް ޑިސެބިލިޓީއެއް ހުރި މީހެއް ކަމަށް ނިންމާފައިވެއެވެ. 

މި މައްސަލައިގައި އެ މީހާގެ މައްޗަށް ކޮށްފައިވަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ. 

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް