ads
ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުން - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފި
ހއ. ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އިސްލާމިކް ސެންޓަރުގެ އަމަލީ މަސައްކަތް ފެށުމަށް ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި މަަަަަސައްކަތް ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދާއި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދުގެ އިތުރުން ހއ. އަތޮޅު ކައުންސިލުގެ ރައީސް މޫސާ ޝަފީގެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިއްދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރަކީ 1،500 މީހުންގެ ޖާގައިގެ ބިނާއެއް ކަމަށެވެ. ދެ ފަންގިފިލާގެ މި އިމާރާތުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕާޕަސް ހޯލަކާއި ކޮންމެ ކްލާސްރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ ހަތަރު ކްލާސްރޫމާއިި ދެ ސެމިނާ ރޫމް އަދި އިސްލާމިކް ލައިބްރަރީއަކާއި އޮފީސް ބައެއް ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަށް 50.8 މިލިއަން ރުފިޔާ ހޭދަވާނެ ކަމުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް