ads
ބަސް ދަތުރުތަކަށް ސްކޫލުތަކުގެ ކުދިން އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްގެ ތެރެއިން - ފޮޓޯ:އެމްޓީސީސީ
މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުންނަށް ބަހާއި ފެރީ ދަތުރު ހިލޭ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ފޯރުކޮށްދެމުން އަންނަ އާންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުން އަންނަ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެމްޓީސީސީން ބުނީ މާލެ ސަރަހައްދު އަދި އަތޮޅުތެރޭގައި ފޯރުކޮށްދެމުންދާ އާންމު ބަހުގެ ހިދުމަތާއި މާލެ ސަރަހައްދުގައި ފޯރުކޮށްދެމުންދާ ވިލިމާލެ އަދި ހުޅުމާލެ ފެރީ ހިދުމަތުގައި ގުރޭޑް 12 އިން މައްޗަށް ތައުލީމު ހާސިލުކުރަމުންގެންދާ ކޮލެޖް އަދި ޔުނިވާސިޓީ ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ދަރިވަރުން ތައުލީމް ހާސިލުކުރަމުންދާ ކޮލެޖް ނުވަތަ ޔުނިވާސިޓީން ދޫކޮށްފައިވާ ސްޓޫޑެންޓް ކާޑު ބޭނުންކޮށްގެން އާންމު ދަތުރުފަތުރުގެ ހިދުމަތްތަކުގައި ދަރިވަރުންނަށް ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ އެ ކުންފުނިން ފޯރުކޮށްދެމުންދާ ހުރިހާ އާންމު ދަތުރުފަތުރުގެ ހިދުމަތެއްގައި މިހާރުވެސް 65 އަހަރުން މަތީގެ މީހުންނަށާއި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް އައިޑީ ކާޑު ބޭނުންކޮށްގެން ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އޭގެ އިތުރުން ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން (އެންސްޕާ) އިން ދޫކޮށްފައިވާ ކާޑު މެދުވެރިކޮށް ހިލޭ ދަތުރުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޓީސީސީން ބުނި ގޮތުގައި ޔުނިފޯމް އަދި އެކްޓިވިޓީ ޔުނިފޯމްގައި ތިބޭ ސްކޫލް ދަރިވަރުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމުގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް