ads
ކޯސްޓްގާޑުން އުޅަނދުތައް ޗެކްކުރަނީ
ޔެލޯ އެލާޓު ވަގުތު، ކުދި އުޅަނދު ފަހަރުގައި ކަނޑުމައްޗަށް ނުކުތުން މަނާ
މި ދުވަސްވަރު ކުރަމުން އަންނަ ވިއްސާރައިގައި ކުދި އުޅަނދުފަހަރުގައި ޔެލޯ އެލާޓު ވަގުތުތަކުގައި ކުދި އުޅަނދުފަހަރުގައި ކަނޑުމަށްޗަށް ނުކުތުމަކީ މަނާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ މެޓް އިން ބުނެފިއެވެ.
Advertisement

މި ކުރަމުން އަންނަ ހުޅަނގު މޫސުމުގެ ވިއްސާރަ ހޯމަ ދުވަހާއި ހަމައަށް ދިގު ދެމިގެން ދާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

ޔެލޯ އެލާޓް ވަގުތުތަކުގައި "ސަލާމަތީ ހިދުމަތްދޭ ފަރާތްތަކެއްގެ އުޅަނދު ފިޔަވައި އެހެން އުޅަނދުތަކުގައި ކަނޑުދަތުރުފަތުރު ނުކުރުމަށް އިދާރާއިން އިލްތިމާސްކުރަން،" މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފައިވެއެވެ. 

ނުވަ މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގަ ކަޑުމައްޗަށް ޔެލޯއެ އެލާޓް ވަގުތުގައި ނުކުތުމަކީ މަނާކަމެއްކަމަށް ވެސް މެޓް އޮފީހުން މިއަދު ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ. 

މިއަދު ވަނީ ށ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާޓު ނެރެފައެވެ. އެ އެލާޓުގެ މުއްދަތު ހަމަވީ 14:00 އަށެވެ. 

"ރީނދޫ އެލާޓުގެ ވަގުތުގައި ނުވަ މީޓަރަށްވުރެ ކުދި އުޅަނދުފަހަރުގައި ކަނޑުމައްޗަށް ނުނިކުތުމަކީ މަނާކަމެއް،" ކަމަށް މިއަދު މެޓުން ބުންޏެވެ.

މެޓުން ބުނީ މިއަދާއި މަދަމާ ރާއްޖޭގެ ހިރިހާ ހިސާބަކަށް ވެސް ކަނޑު ގަދަވާނެކަމަށެވެ. 

ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް (72 ކިލޯމީޓަށް) ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އޮފީހުން ބުނެއެވެ. 

 

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް