މުއިއްޒު ހިންގި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނު: މާރިޔާ
ގުފްތަގް އަޖީރު
01 ސެޕްޓެމްބަރ 2023 - 21:40:48
ޕީއެންސީގެ ކެނޑިޑޭޓު ޑރ. މުއިއްޒު ހިންގެވި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނުކަމަށް އެމްޑީޕީގެ މާލޭ ކޯޑިނޭޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިރޭ އެމްޑީޕީން ބޭއްވި "އުފާވެރި މާލެ" ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ، ޒަމާނީ ހައިސިން ނަމުގައި މުއިއްޒި ދިން ހިޔާފިލެޓްތަކަކީ ގެއްލުމެއް ކަމަށެވެ.
"ޒަމާނީ ހައުސިން ކަމަށް ވިދާޅުވެ، ނުއަގުގައި ދިން ހިޔާ ފުލެޓުތައް ދިނުމަކީ ގެއްލުމެއް. މުއިއްޒު ހިންގި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނު، ކަދުރު ރުށްތައް މިލާ މޯޅިވެއްޖެ،"
މި ޖަލްސާގައި ވާހަކަ ދައްކަވަމުން މާރިޔާ ވަނީ، 18000 އަށް ވުރެ ގިނަ ދަރިވަރުންނަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގަ ހިލޭ ޑިގްރީގެ ފުރުސަތު ދެވުނުކަން ފާހަގަކުރައްވާފައެވެ.
"އަމިއްލަ މޮޅު ކަމުގެ ވާހަކަ ދެއްކެވުމެގެ ބަދަލުގައި ރައީސް އަވަސްވެވަޑައިގަތީ ތައުލީމީ ޖީލެއް ބިނާ ކުރައްވަން،"
މާރިޔާ ވިދާޅުވީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެންޖެހީ "އުފާވެރި އަމާން ރާއްޖެއަކަށް" ވާސިލުވުމަށްޓަކައިކަމަށެވެ. އަދި މާރިޔާ ވިދާޅުވީ ކުރީގެ ސަރުކާރުން ތަރައްގީގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށެވެ.
0%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް