ads
މިރޭ އެމްޑީޕީގެ ޖަލްސާގައި މާރިޔާ ވާހަކަ ދައްކަވަނީ
ދެން ތިބީ ހުސް އޮއްޓަރެއް ނެތް ސަޅިބައިސާ ލީޑަރުން: މާރިޔާ
އެމްޑީޕީ ނޫން އެހެން ހުރިހާ ޕާޓީތަކުގެ ލީޑަރުންވެސް މިފަހަރުގެ އިންތިހާބުގައި ދައްކަނީ އޮއްޓަރެއް ނެތް ސިޔާސީ ގޮތުން ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށް އެމްޑީޕީގެ ރިޔާސީ ކެމްޕޭނު ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.
Advertisement

މިރޭ އެމްޑީޕީން ބޭއްވި އެޕާޓީގެ ބޮޑު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވަނީ އެމްޑީޕީ އާ ވާދަކުރައްވާ އެހެން ހުރިހާ ޕާޓީތަކުގެ ލީޑަރުންނަށް ބަހުގެ ހަމަލާތަކުން ރައްދުދެއްވާފަ އެވެ. 

މާރިޔާގެ ވާހަކަ ފަށްޓަވަމުންވެސް ވިދާޅުވީ ތިމާޔަށް ވުރެ މޮޅު ދެވަނަ މީހަކު ނެތްކަމަށް ހެދިގެން ބުރަދަނެއް ނެތް ސަޅިބައިސާ ކަނޑާ އޮއްޓަރެއް ނެތް ސިޔާސީ ފޮނިއަރުވާ އިދިކޮޅު ކެންޑިޑޭޓުން މިހާ ގިނަ ރިޔާސީ އިންތިހާބަކާއި ދިމާނުވާ ކަމަށެވެ. 

މާރިޔާ ޖަލްސާގައި ވާހަކަ ކުރިއަށްގެންދިއޔަ ވަގުތު ޖަލްސާގައި ތިއްބެވި ސަޕޯޓަރުންގެ ތެރެއިން ބަޔަކު "ހޮޅި މުއިއްޒު" ކިޔާ ޖަލްސާގައި ސަޕޯޓު އުފައްދަމުންދިޔަ އެވެ. 

"ތިމާޔަށް ވުރެ މޮޅު ދެވަނަ މީހަކު ނެތްކަމަށް ހެދިގެން ބުރަދަނެއް ނެތް ސަޅިބައިސާ ކަނޑާ އޮއްޓަރެއް ނެތް ސިޔާސީ ފޮނިއަރުވާ އިދިކޮޅު ކެންޑިޑޭޓުން މިހާ ގިނަ ރިޔާސީ އިންތިހާބަކާއި ދިމަލެއް ނުވޭ." މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އިންތިހާބަށް އެންމެ އަށް ދުވަހަށް ވެފައިވާއިރު ހަޔާތުގެ އެންމެ ޅަފަތުން ފެށިގެން ޖަޒީރާ ދިރިއުޅުމެއްގެ ތެރެއިން ރައްޔިތުންގެ އުފަލާއި، ވޭނާއި، ދަތިތަކާއި، ތަކުލީފްތައް އަމިއްލައަށް ތަޖުރިބާ ކުރައްވަމުން އުޅެބޮޑުވި މިއަދު އެރަށްޔިތުންގެ ތަކުލީފް ތަކާއި ދަތިތަކަށް ބިނާ ކުރަނިވި އަދި ހައްލު ހޯދެވި ހަރުދަނާ ދުރު ވިސްނޭ ރައީސަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. 

"ކުޑައެއް ބޮޑެއް، އަންހެނެއް ފިރިހެނެއް، ޒުވާނެއް މުސްކުޅިއެއް ބަލާނެ ކަމެއް ނެތް. ހަމަހަމަ ހަގީގަތުގައިވެސް އަޅުގަނޑުމެން އެންމެގެ ހިތްތައް ފަތަހަ ކުރައްވައިފި." މާރިޔާ ވިދާޅުވި އެވެ

މާރިޔާ ވިދާޅުވީ ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާ މިންވަރަށް އެހެން އެއްވެސް ލީޑަރަކަށް ރައްޔިތުންގެ ބޭނުން އެނގިވަޑައިވެސް ނުގަންނަވާ ކަމަށެވެ. 

މިރޭ އެމްޑީޕީން ކާނިވާ ސަރަހައްދުގައި ބޭއްވި ބޮޑު ބޮޔަ ޖަލްސާ އަށް އެޕާޓީގެ ސަޕޯޓަރުން ވަނީ މުޅި ސަރަހައްދު ފުރާލާފައެވެ.

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް