ads
ދުވަސްވީ ފޮތްތަކެއް
ސިހުރުގެ މައްސަލައެއް ދައުލަތުން އަނބުރާ ގެންގޮސްފި
ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ، ދައުލަތުން އެދިގެން އަނބުރާ ގެންގޮސްފިއެވެ.

މިއީ މެދު ރާއްޖޭ ތެރޭގެ ރަށަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތި ދިވެހިރާއްޖެއަށް ގެނައުމުގެ މައްސަލައެކެވެ. 

މިދިޔަ އަހަރުގެ ޖޫން މަހު ދައުލަތުން މި މައްސަލައިގެ ދައުވާ އުފުލާފައިވާއިރު، މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ޕީޖީ އޮފީހުން މައްސަލަ މުރާޖައާ ކުރުމަށް ފަހު އިތުރަށް މައްސަލަ ކުރިއަށް ގެންދަން ބޭނުންނުވާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ކުރިން ހިންގި އޮޕަރޭޝަނެއްގައި، މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވާ މީހާގެ ގެއިން، ސިހުރު ހެދުމަށް ބޭނުން ކުރާ އާލާތްތައް ފެނިފައިވެއެވެ. އޭގެ ތެރޭގައި އިތާ ތޮށި ގަނޑަކާ އަދި އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ބައެއް ލިޔެކިޔުންތައް ފެނިފައިވެއެވެ.

މި މައްސަލަ އަނބުރާ ގެންދިޔުމަށް ދައުލަތުން އެދިފައިވަނީ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.

ސިހުރުހާހޫރަ ހެދުމަށް ބޭނުންކުރާ ޒާތުގެ ލިޔުންތަކެއް ގެންގުޅުނު އުމުރުން ދުވަސްވީ މީހަކު ތިން އަހަރަށް ގޭ ބަންދު ކުރުމަށް މި އަހަރުގެ ކުރީކޮޅުވަނީ ހުކުމްކޮށްފައެވެ. އެ މީހާގެ މައްޗަށް ކޮށްފައިވަނީ، ދިވެހިރާއްޖެއަށް ގެނައުން މަނާތަކެތި ދިވެހިރާއްޖޭގައި ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް