ads
ޓޮޓެންހަމް އާއި ބާންލޭ ބައްދަލުކުރި މެޗުގެ ތެރެއިން
ސޮންގެ ހެޓްރިކާއެކު ޓޮޓެންހަމް ދެވަނައަށް
އިނގިރޭސި ޕްރިމިއާ ލީގުގައި ބާންލޭ އާއި ވާދަކުރި މެޗު ކާމިޔާބުކޮށް ޓޮޓެންހަމްއިން ލީގު ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
Advertisement

ބާންލޭގެ ޓާފް މޫރް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ޓޮޓެންހަމްއިން ކާމިޔާބުކުރީ 5-2 އިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ބާންލޭއިންނެވެ. މެޗުގެ ހަތަރުވަނަ މިނެޓުގައި ބާންލޭއަށް ލީޑު ނަގައިދިނީ ލީލް ފޯސްޓާއެވެ. 

ނަމަވެސް ޓޮޓެންހަމްއިން ވަނީ ފަސް ލަނޑު ޖަހާ މެޗުގެ އޮއެވަރު ބަދަލު ކޮށްލާފައެވެ. މި މެޗުގައި ޓޮޓެންހަމްގެ ތަރި ސޮން ހިއުން-މިން ވަނީ ތިން ލަނޑުޖަހާ ހެޓްރިކް ހަދާފައެވެ. އޭނާގެ އިތުރުން ޓޮޓެންހަމްގެ ލަނޑުތައް ޖެހީ ކްރިސްޓިއަން ރޮމޭރޯ އާއި ޖޭމްސް މެޑިސަންއެވެ. 

ބާންލޭއިން އެޓީމުގެ ދެވަނަ ލަނޑު ޖެހީ މެޗުގެ ފަހު ވަގުތުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޯޝް ބްރައުންހިލްއެވެ. 

މި މޮޅާއެކު ޓޮޓެންހަމްއިން ތާވަލުގެ އެއްވަނާގައި އޮތީ 10 ޕޮއިންޓު ހޯދައިގެންނެވެ. ތިން ވަނާގައި އޮތް ވެސްޓް ހޭމްއަށްވުރެ ކުރީގައި ޓޮޓެންހަމް އޮތީ ފައިދާ ގޯލުންނެވެ. ތާވަލުގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއަށް ލިބެނީ 12 ޕޮއިންޓެވެ. އެޓީމު ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް