ކުރީގެ ފިނޭންސް މިނިސްޓަރު، އަދި އިކޮނޮމިސްޓް އިނާޒް، ރައީސް ސާލިހަށް ތާއީދު ކުރައްވާކަން ހާމަކުރައްވައި ސޯޝަލް މީޑިއާގައި ވިދާޅުވީ، ގިނަ ސިޔާސީ ޕާޓީތަކާއި އެކު ކޯލިޝަން ސަރުކާރެއް ކެއްތެރިކަމާއި، މަޝްވަރާގެ ނަމޫނާ ދައްކަވާފައިވާތީ ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމެވީ ކަމަށެވެ. އަދި ސިޔާސީ ހަތުރުން ނާއި މިތުރުން ގާތުންނާއި ދުރުން ސުލްހަވެރި އެހަނަސް ވާދަވެރި ސިޔާސީ މާހައުލެއެއްގައި ރިޔާސީ ދައުރެއް ނިންމަވަމުން ގެންދަވާތީ ރައީސް ސާލިހަށް ތާއީދު ކުރައްވަން ނިންމެވީ ކަމަށް އިނާޒް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވީ އޭރުގެ މަޖިލިސް މެންބަރު އަދި ފަހުން ރައީސްކަން ކުރެއްވި، ރައީސް ޔާމީނާ ބައްދަލު ކުރެއްވި މައްސަލައެއްގައެވެ.